ލެޕްރަސީ އަކީ މައިކޮބެކްޓީރިއަމް ލެޕްރޭ ކިޔާ މަޑުމަޑުން ބޮޑުވާ ބެކްޓީރިއާގެ ސަބަބުން ޖެހޭ އިންފެކްޝަނެއް

ހަބަރު

ލެޕްރަސީ ބެކްޓީރިއާ، އެތެރެހަށީގެ ގުނަވަންތައް އަލުން ދިރުވުމަށް އެހީވެދޭކަމަށް ސައިންސްވެރިން ބުނެފި

ރާނިއާ - އައްޑޫ އަތޮޅު | 22 ނޮވެންބަރު 2022 , އަންގާރަ 09:43   208

ލެޕްރަސީ ބެކްޓީރިއާ އިން ރައްކާތެރިކަމާއެކު ހަށިގަނޑު މަރާމާތުކޮށް އާލާކުރުމުގެ މަސައްކަތްކުރާކަމަށް ދެނެގަނެވިފައިވާކަމަށް ޔުނިވާސިޓީ އޮފް އެޑިންބާގްގެ ދިރާސާވެރިން ވަނީ ބުނެފައެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށް ބާރުއަޅައިގެން ފުރަމޭގެ ސައިޒު ގާތްގަނޑަކަށް ދެގުނައަށް ބޮޑުކުރުމުގެ ޤާބިލުކަން މި ބެކްޓީރިއާއަށް ލިބިފައިވާކަން ޖަނަވާރުންނަށް ހަދާފައިވާ ޓެސްޓުތަކުން ދައްކައެވެ. އަދި މިބެކްޓީރިއާ އެކަން ކުރާ ގޮތް ހޯދުމަކީ އާ އީޖާދީ ފަރުވާތަކެއް ލިބިދާނެ ކަމެއް ކަމަށްވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.

ލެޕްރަސީ އަށް މަގުފަހިކުރާ ބެކްޓީރިއާ، މައިކޮބެކްޓީރިއަމް ލެޕްރޭ އަކީ "ބަޔޮލޮޖިކަލް އަލްކެމީ" ގެ ޤާބިލުކަން ހިމެނޭ ގޮތަށް، އާދަޔާ ޚިލާފު އެހެން ސިފަތަކެއް އެކުލެވިގެންވާ ބެކްޓީރިއާއެކެވެ. މައިކޮބެކްޓީރިއަމް ލެޕްރޭ އަކީ ހަށިގަނޑުގެ އެއް ވައްތަރެއްގެ ޓިޝޫ އަނެއް ވައްތަރަކަށް ބަދަލުކޮށްދޭ އެއްޗަކަށް ވާއިރު، މިއީ ސައިންސްވެރިން ހައިރާންކޮށްދެނިވި ކަމެކެވެ.

ދިރާސާވެރިން ވަނީ މި ބަލި ޖެހޭ އެހެން ޖަނަވާރެއް ކަމަށްވާ އަމަޑިއްލޯ މި ތަޖުރިބާތަކުގާއި ބޭނުންކޮށްފައެވެ. އެމެރިކާގައި ކުރި މި ތަޖުރިބާތަކުން ދައްކާ ގޮތުގައި އިންފެކްޝަން އާމަޑިއްލޯގެ ފުރަމޭއަށް ގޮސް، އެ ގުނަވަން ކޮންޓްރޯލްކޮށް ހައިޖެކްކޮށްގެން އަމިއްލަ ބޭނުމަކަށް އަލުން ޕްރޮގްރާމް ކުރެއެވެ.

ސެލް ރިޕޯޓްސް މެޑިސިންގައި ޝާއިއުކޮށްފައިވާ މި ނަތީޖާތަކުން ދައްކާ ގޮތުގައި ފުރަމޭގެ ސައިޒު ގާތްގަނޑަކަށް ދެގުނައަށް ވަނީ އިތުރުވެފައެވެ.

މިފަދަ ގްރޯތް އަކީ އާންމުކޮށް ކެންސަރު ޖެހޭ ސެލްތަކައް ވުމަށް ނުވަތަ އުނިކަމެއް ހުރެފާނެ ކަމަށް އުންމީދު ކުރެވުނު ކަމުގާއި ވިޔަސް، ތަފްސީލީ ތަހުލީލުތަކުން ދައްކާ ގޮތުގައި މިފުރަމޭ ދުޅަހެޔޮ އަދި އާންމުކޮށް ހުންނަ ލޭހޮޅިތަކާއި ބައިލް ޑަކްޓްތައް ވެސް މި ފުރަމޭއިން ފެނިގެނަދިޔައެވެ.

އުންމީދަކީ ޓްރާންސްޕްލާންޓަކަށް އިންތިޒާރުކުރާ މީހުންގެ ފުރަމޭ މަރާމާތު ކުރުމަށް، ނުވަތަ ހަށިގަނޑުގެ އެހެން ތަނެއްގައި މުސްކުޅިވުމުގެ ސަބަބުން ލިބޭ ބައެއް ގެއްލުންތައް ފަހަތަށް ޖެއްސުމަށް ވެސް މިއުސޫލު ބޭނުން ކުރެވޭނެ ކަމަށެވެ.

ޓެގްސް: ސިއްޙަތު ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.