ކޮޕް-27 ކްލައިމެޓް ސަމިޓްގައި ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާއެއްގައި މޫސުމާ ބެހޭ އެކްޓިވިސްޓުން

ދުނިޔެ

ކޮޕް 27: ތިމާވެށި ސަލާމަތްކުރުމަށް، މުއްސަނދި ގައުމުތަކުން ފަގީރު ގައުމުތަކަށް އެހީވުމަށް އަނެއްކާވެސް ވަޢުދުވެއްޖެ

ރާނިއާ - މެދުއިރުމަތި | 21 ނޮވެންބަރު 2022 , ހޯމަ 13:33   345

30 އަހަރުގެ ތާށިއަކަށްފަހު އ.ދ. ގެ މޫސުމާއި ބެހޭ ސަމިޓުން ވަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ލިބޭ ގެއްލުންތަކަށް މުއްސަނދި ގައުމުތަކުން ފައިސާ ދައްކަން އެއްބަސްވެފައެވެ. ނަމަވެސް މިކަން ކުރެވިގެން ދާނެ ގޮތަކާއި މެދު ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ.

ގާތްގަނޑަކަށް 200 ގައުމެއްގެ މަޝްވަރާވެރިން ހުކުރު ދުވަހުގެ ވަގުތެއްގައި ދެ ހަފްތާގެ މަޝްވަރާތައް ވަނީ ނިންމާފައެވެ. އެމީހުންނަށް ލިބިފައިވާ މައިގަނޑު ކާމިޔާބީ އަކީ މުއްސަނދި ގައުމުތަކުން އުފައްދަމުން އަންނަ ތަޣައްޔަރުކަމުގެ ސަބަބުން ނުރައްކާތެރި ގޮތެއްގައި ދުނިޔެ ހޫނުކުރަމުން ދިޔުމުގެ ސަބަބުން މޫސުމީ ކާރިސާތަކާއި ކުރިމަތިލާން މަޖުބޫރުވެފައިވާ ފަގީރު، ނާޒުކު ގައުމުތަކަށް އެހީތެރިވެދޭނެ ފަންޑެއް ގާއިމްކުރުމަށްވި އެއްބަސްވުމެވެ.

މޫސުމަށް ލިބޭ ގެއްލުންތަކަށް ފައިސާ ދެއްކުމާއި ގުޅޭ ނިންމުމަކީ މޫސުމާ ބެހޭ އ.ދ. ގެ މަޝްވަރާތަކުގައި އެންމެ ބޮޑަށް ޚިޔާލުތަފާތުވާ އެއް މައްސަލައިގައި ލިބުނު ކުރިއެރުމެކެވެ.

30 އަހަރަށް ވުރެ ގިނަ ދުވަހު ތަރައްގީވަމުން އަންނަ ގައުމުތަކުން ގެއްލުމާއި ގެއްލުމުގެ ފައިސާއަށް ޕްރެޝަރު ކުރަމުން އައިސްފާވާއިރު، ދުނިޔެ ހޫނުވުމުގެ ސަބަބުން ފަނާކުރަނިވި ތޫފާނާއި ހޫނު ރާޅުތަކާއި ހިއްކާ ތަންތަނުގެ ހަރަދުތަކަށް ބަދަލު ދިނުމަށް އެމީހުން ވަނީ މުއްސަނދި، ސިނާއީ ގައުމުތަކުން އެދެމުންނެވެ.

ނަމަވެސް އެމެރިކާއާއި އެހެން މުއްސަނދި ގައުމުތަކުން މި ގިނަ ދުވަސްތަކެއް ވަންދެން މިކަމާއި ދެކޮޅުހަދާފއިވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ބާރުއަޅާ ގްރީންހައުސް ގޭސް ދޫކުރުމުގެ ސަބަބުން ގާނޫނީ ގޮތުން ޒިންމާނަގަން ޖެހިދާނެތީއެވެ.

ކޮޕް-27 ސަމިޓުގައި ސޮއިކޮށްފައިވާ މިއެއްބަސްވުމުގާއި ފައިސާ ދެއްކުމަށް ގައުމުތަކުން ގާނޫނީ ގޮތުން ޒިންމާ ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ކުރިއަސް އޮތް އަހަރު ދުވަހުގާއި ފަންޑު ނަގަންވީ ސީދާ ކޮން ގޮތެއްގައިތޯއާއި، މިކަމުގާއި ހަރަދު ކުރަންޖެހޭނީ ކޮން ގައުމުތަކުންތޯއާއި، ފައިސާ ދާންވީ ކޮންތަނަކަށްތޯ ހޯދުމަށް 24 ގައުމެއްގެ މަންދޫބުންނާއި އެކު ކޮމިޓީއެއް އެކުލަވާލަން ޖެހޭނެ ކަމަށްވެސް މިއެއްބަސްވުމުގައި އިތުރަށް ބުނެފައިވެއެވެ. މީގެ އިތުރުން ވެސް ގިނަ ތަފްސީލުތައް އަދި ކަނޑައެޅިފައި ނުވެއެވެ.

ޓެގްސް: ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.