ޒަކާތު ފަންޑުން ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި، ކިޔަވައިދިނުމަށާއި ބޭސްފަރުވާއަށްވެސް އެހީތެރިކަން ފޯރުކޮށްދޭ

ހަބަރު

ޒަކާތު ފަންޑުން ބޭސްފަރުވާއަށް 49.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

ރާނިއާ - ދިވެހި ރާއްޖެ | 20 ނޮވެންބަރު 2022 , އާދީއްތަ 17:53   158

އިސްލާމިކް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވެދިޔަ 4 އަހަރު ޒަކާތު ފަންޑުން ވަނީ ބޭސް ފަރުވާއަށް 49.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އަދި ހަމަ އެހެންމެ ޒަކާތު ފަންޑުން ބޭސް ފަރުވާއަށް އެންމެ ގިނައިން ހަރަދުކޮށްފައިވަނީ މިއަހަރު ކަންވެސް މި ތަފާސްހިސާބުތަކުން ފެނިގެންދެއެވެ.

ތަފާސް ހިސާބުތަކައް ބަލާ ކަމުގައި ވާނަމަ ޒަކާތު ފަންޑުން ވަނީ 2019 ވަނަ އަހަރު 15.8 މިލއަން ރުފިޔާ ބޭސް ފަރުވާއައް ހަރަދުކޮށްފައެވެ. ހަމައެހެންމެ ފާއިތުވެދިޔަ 4 އަހަރުތެރޭ ޒަކާތު ފަންޑުން އެންމެ މަދު ހަރަދެއް ބޭސް ފަރުވާއަށް ކޮށްފައިވަނީ 2020 ވަނަ އަހަރުގައެވެ. މިގޮތުން 2020 ވަނަ އަހަރު 6.2 މިލިޔަން ރުފިޔާ ޒަކާތު ފަންޑުން ވަނީ ބޭސް ފަރުވާއަށް ހަރަދުކޮށްފައެވެ. އަދި 2021 ވަނަ އަހަރު 11.1 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް 16.4 މިލިޔަން ރުފިޔާ ޒަކާތު ފަންޑުން ބޭސްފަރުވާއަށް ވަނީ ޚަރަދުކޮށްފައެވެ.

އާންމުކޮށް ޒަކާތު ފަންޑުން ބޭސްފަރުވާގެ ކަންކަމަށް ހަރަދުކުރަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށާއި ލޮލުގެ ބައްޔަށް ފަރުވާ ހޯދުމަށެވެ.\މީގެ އިތުރުންވެސް ޒަކާތު ފަންޑުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ކަންތަކުގެ ތެރެއިން ހިތުގެ ބަލީގެ ފަރުވާއާއި، ކިޑްނީ ބަލިތަކުގެ ފަރުވާއާއި ހޮސްޕިޓަލުގެ ބިލްތައް ދެއްކުމަށާއި ޓްރާންސްޕްލާންޓް ހެދުންފަދަ ކަންކަންވެސް ހިމެނެއެވެ.

ޒަކާތު ފަންޑުގެ ފާއިސާއިން ޔަތީމުންނާއި މިސްކީނުންނާއި ފަޤީރުންނަށް ބެހުމަށްފަހު ބާކީވާ ފައިސާ ޖަމާއުކުރެވިގެން ދެއެވެ. ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިން އެފަންޑުގައި ހުންނަ ފައިސާ ޚަރަދު ކުރަނީ ވަކި އުޞޫލެއްގެ ދަށުން ކަމަށްވެސް މެއެވެ.

ޓެގްސް: ސަރުކާރުންދޭ ސަބްސިޑީ ސިއްޙީ ފަރުވާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.