ނެދަރލޭންޑް ނުވަތަ ހޮލޭންޑަކީ ދުނިޔޭގެ ފުޓުބޯޅައިގައި ބާރެކެވެ. އެންމެ ފަހުގެ ފީފާ ރޭންކިންގ ގައި މިޤައުމު އޮތީ 8 ވަނައިގައި (ސްޕޭން، އިޓަލީ އިންގްލޭންޑް، ފްރާންސް، އާޖެންޓީނާ، ބެލްޖިއަމް އަދި ބްރެޒިލް) އަށްވުރެފަހަތުންނެވެ. ފަހަތުގެ ދެން ތިބީ ޕޯޗުގަލް، ޑެންމާކު އަދި ޖަރުމަނެވެ.
ނެދަލޭންޑުން ޖުމްލަ 11 ފަހަރު ވޯލްޑްކަޕުގައި ކުޅެފައިވާއިރު ތިން ފަހަރު ފައިނަލުގައި ކުޅެ ރަނަރއަޕްކަން ހޯދާފައިވެއެވެ. އެންމެފަހުން ފައިނަލަށް ދަތުރުކުރީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި އޮތް ވޯލްޑްކަޕުގައެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ ސްޕޭނުންނެވެ.
މިޓީމުގެ ކިޓް ސްޕޮންސަރަކީ "ނައިކީ" އެވެ.
އެންމެފަހުން ކުޅުނު މެޗުތައް:
- ނެދަލޭންޑްސް 4 - 2 ޑެންމާކު
- ނެދަރލޭންޑްސް 1 - 1 ޖަރުމަން
- ނެދަރލޭންޑްސް 4 -1 ބެލްޖިއަމް
- ނެދަރލޭންޑްސް 2 - 1 ވޭލްސް
ފާހަގަކޮށްލެވޭ ކުޅުންތެރިން :
- ކެޕްޓަން، ލިވަޕޫލްގެ، ޑިފެންޑަރު ވާޖިލް ވެން ޑައިކް 31އ
- ބަޔާންގެ، ޑިފެންޑަރު މަތާއިން ދެލިގތް 23އ
- މެންޗެސްޓާ ސިޓީގެ، ޑިފެންޑަރު ނޭތަން އޭކި 27އ
- މެންޗެސްޓާ ޔުނައިޓެޑްގެ، ޑިފެންޑަރު ޓައިރަލް މަލާސިއާ 23އ
- ބާސެލޯނާގެ، ފޯވާޑް ، މެމްޕިސް ޑިޕާއި 28އ، 81 މެޗުން 42 ގޯލު
- ބާސެލޯނާގެ، ޑިފެންޑަރ ފްރޭންކީ ޑި ޔޯންގ 25އ
- އަޔެސްގެ ސްޓީވެން ބަރޖްވައިން 25އ، 24 މެޗުން 7 ގޯލު
ނެދަރލޭންޑްސް އޮތީ ކޮންތާކު؟
