ގްރޫޕް : B
ދުނިޔޭގެ ރޭންކިން : 19 ވަނަ
ކޯޗު : Rob Page
މޮޅުފައި : ޓީމުގެ ގުޅުން ވަރަށް ހިތްގައިމު
ބަލިފައި : ޖޯ އެލެން އެހާ ފިޓެއް ނޫން
މިޓީމު އޮތީ ފީފާ ރޭންކިންގައި 19 ވަނައިގައެވެ. 2011 ވަނަ އަހަރު 117 ވަނައިގައި އޮތް މިޓީމު 2015 ގައި ދުނިޔޭގެ 8 ވަނައަށް ވެސް ޖެހިލިއެވެ.
2016 ވަނަ އަހަރުންފެށިގެން މިޓީމުގެ ކިޓް ސްޕޮންސަރަކީ އަޑީޑާސްއެވެ.
މިޓީމުން ވޯލްޑްކަޕުގައި ކުޅެފައިވަނީ ޖުމްލަ 2 ފަހަރެވެ. ފުރަމަތަ 1958 ވަނަ އަހަރުއެވެ. ހަމަ އެއަހަރު މިޓީމު ވަނީ ކުއާޓާ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. އަދި ޔޫރޯ 2016ގެ ސެމީ ފައިނަލުގައި ކުޅެފައިވެއެވެ.
ގްރޫޕް B - މިގުރޫޕުގައި ހިމެނޭ ޓީމުތައް : އިނގިރޭސިވިލާތް، އިރާން، އެމެރިކާ، ވޭލްސް
އެންމެ ފަހުން ކުޅުނު މެޗުތަކުން:
- ވޭލްސް 2 - 1 އޮސްޓްރޭލިއާ
- ވޭލްސް 1 - 1 ޗެކް ރިޕަބްލިކް
- ވޭލްސް 2 - 1 ޕޮލެންޑް
- ވޭލްސް 1 - 0 ޔޫކްރޭން
- ވޭލްސް 2 - 1 ނެދާލޭންޑް
- ވޭލްސް 1 - 1 ބެލްޖިއަމް
- ވޭލްސް 2 - 3 ނެދާލޭންޑް
- ވޭލްސް 0 - 1 ޕޮލޭންޑް
ފާހަގަކޮށްލެވޭ ކުޅުންތެރިން :
- ލޮސްއެންޖެލިސްގެ ފޯވާޑް، ގެރެތް ބޭލް (33އ) 108 މެޗުން 40 ގޯލު
- ފުލްހަމްގެ ފޯވާޑް ޑެނިއެލް ޖޭމްސް (25އ) 38 މެޗުން 5 ގޯލު
