މިއީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ދުވަސްވީ ޤައުމެވެ. ފުރަތަމަ ބައިނަލް އަޤުވާމީ މެޗެއް ކުޅެފައިވަނީ 1872 ދެވަނަ އަހަރު ސްކޮޓްލޭންޑާއި ދެކޮޅަށެވެ.
ވޯލްޑްކަޕް މިހާތަނަށް ކާމިޔާބުކުރި 8 ޤައުމުގެ ތެރޭގައިވެސް މިޤައުމު ހިމެނެއެވެ. އިނގިރޭސި ޓީމުގެ ކިޓް ސްޕޮންސަރަކީ 2013 ވަނަ އަހަރުން ފެށިގެން "ނައިކީ" އެވެ. ފުޓުބޯޅައިގައި އެންމެ ވާދަވެރި ޤައުމަކީ ޖަރުމަނު ވިލާތެވެ.
މިއީ އިނގިރޭސިވިލާތުން ވޯލްޑްކަޕްގައި ކުޅޭ 16 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެޓީމުން ވޯލްޑްކަޕުގައި ކުޅެފައިވަނީ 1950 ވަނަ އަހަރުއެވެ. އަދި 1966 ގައި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވެއެވެ. އަދި ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފައިނަލުގައި ކުޅެ ރަނަރއަޕްކަން ހޯދާފައިވެއެވެ.
ގްރޫޕް B - މިގުރޫޕުގައި ހިމެނޭ ޓީމުތައް : އިނގިރޭސިވިލާތް، އިރާން، އެމެރިކާ، ވޭލްސް
އެންމެ ފަހުން ކުޅުނު ބައެއް މެޗުތައް:
- ޖަރުމަން 1 - 1 އިނގިރޭސިވިލާތް
- އިޓަލީ 1 - 1 އިނގިރޭސިވިލާތް
- ހަންގޭރީ 4 - 0 އިނގިރޭސިވިލާތް
- ޖަރުމަން 3 - 3 އިނގިރޭސިވިލާތް
- އިޓަލީ 1 - 0 އިނގިރޭސިވިލާތް
ޓީމުގެ މެނޭޖަރ : ގެރެތް ސައުތު ގޭޓް
މަޝްހޫރުކުޅުންތެރިން:
- ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން (29އ) 75 މެޗުން 51 ގޯލު
- ޗެލްސީގެ ފޯވާޑް ރަހީމް ސްޓާލިން (27އ) 79 މެޗުން 19 ގޯލު
- ޔުނައިޓެޑްގެ މާކަސް ރަޝްފަޑް (25އ) 46 މެޗުން 12 ގޯލު
