ޓްވިޓާ ބްލޫއަކީ ކޮންމެ މަހަކު ފައިސާ ދައްކަން ޖެހޭ ސަބްސްކްރިޕްޝަނެއް

ދުނިޔެ

ޓްވިޓާ ބްލޫގެ ރީލޯންޗް ލަސްވެފައިވާ ކަމަށް އިލޮން މަސްކް ވަނީ ބުނެފި

ރާނިއާ - ދުނިޔެ | 22 ނޮވެންބަރު 2022 , އަންގާރަ 12:56   287

ޓްވިޓާ ބްލޫ ވެރިފައިޑް ހިދުމަތުގެ ލޯންޗް ވަނީ ލަސްވެފައިކާން ޓްވިޓާގެ ވެރިޔާ، އިލޮން މަސްކް ވަނީ ހޯމަ ދުވަހުގެ ހަވީރު ބުނެފައެވެ. އަދި ވަކިވަކި ފަރުދުންނަށާއި އޯގަނައިޒޭޝަންތަކަށް ތަފާތު ކުލަތަކުގެ ޗެކްމާކްތައް ބޭނުން ކުރެވިގެންދާނެ ކަމަށްވެސް މަސްކް ވަނީ ބުނެފައެވެ.

މަސްކް ވަނީ ޓްވިޓާ ބްލޫ އަކީ އެކުންފުންޏައް އާ އާމްދަނީއެއް ގެނެސްދޭނެ އެއްޗެެކަށް ވުމަށް އުންމީދުކޮށްފައެވެ. މިމަހު ކުރީކޮޅު ޓްވިޓާ ބްލޫ ސަބްސްކްރިޕްޝަންތައް ދޫ ކުރަން ފެށި ކަމުގައި ވިޔަސް، ގިނަ ޔޫޒަރުން މިކަމުގެ ފާއިދާ ނަހަމަ ގޮތުގައި ނަގައިފައި ވުމާއެކު މިހާރު ސަބްސްކްރިޕްޝަންތައް ވަނީ ކެންސަލް ކުރެވިފައެވެ.

ޓްވިޓާ ބްލޫ ސަބްސްކްރިޕްޝަންތަކާއި އެކު ޓްވިޓާގާއި ގިނަ އަދަދެއްގެ ފޭކް އެކައުންޓުތަކެއް އުފެދިގެން ދިޔައެވެ. މިގޮތުން ގޯސް މައުލޫމާތުތައް ޓްވިޓާގާއި ފެތުރިގެން ގޮސް ބައެއް ކުންފުނިތަކަށް ވަރަށް ބޮޑު ގެއްލުންތަކެއްވެސް ވަނީ ވެފައެވެ. އަގުހެޔޮކޮށް ގަނެފައިވާ ސަބްސްކްރިޕްޝަން ތަކުގެ ބޭނުންކޮށްގެން ބްރޭންޑްތަކާއި ސިޔާސީ މީހުންނާއި މަޝްހޫރު ފަރާތްތަކުގެ ނަން ޖަހައިގެން ފޭކް ޓްވީޓްތަކުގެ އަދަދު ވަނީ ގިނަވެފައެވެ.

މިސާލަކަށް "މިހާރު އިންސިއުލިން ހިލޭ މީހުންނަށް ފޯރުކޮށްދެން" ފާމަސިއުޓިކަލް ކުންފުނި އީލައި ލިލީ ގެ ނަމުގައި ހަދާފައިވާ ފޭކް އެކައުންޓަކުން ވަނީ ޓްވީޓްކޮށްފައެވެ. އަދި މި ދޮގު ޓްވީޓް އާންމުވެފައި ވުމުން އީލައި ލިލީގެ ހިއްސާތަކުގެ އަގު ވަނީ ދުނިޔޭގެ ބާޒާރުގާއި ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.

ހަމައެހެންމެ ޓްވިޓާ އިން ވަނީ ޕޭޑް ޓްވިޓާ ބްލޫ އެކައުންޓްތަކާއި އޯގަނައިޒޭޝަންތައް ތަފާތު ކުރެވޭނެހެން ދެކުލައިގެ ޗެކްމާކުތަކެއްވެސް ޓްރަޔަލް ކޮށްފައެވެ. މިގޮތުން ޕޭޑް އަދި ކުރިންވެސް ވެރިފައި ކުރެވިފައިވާ އެކައުންޓްތަކަށް ނޫ ޗެކްމާކެއް ވަނީ ދީފައެވެ. އަދި އޯގަނައިޒޭޝަންތަކުގެ ނަމުގެ ކުރީގައި އަޅި ކުލާއިގެ ޗެކްމާކެއް ފެނިގެން ދިޔައެވެ. ނަމަވެސް އޮޅުން ބޮޅުން އަރާފައިވުމާއެކު ބައެއް އެކައުންޓްތަކުން ދެ ޗެކްމާކް ވެސް ފެނިގެންދިޔައެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.