އެމިރޭޓްސް އަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދިދަ އުފުލާ ދެ އެއާލައިންތަކުގައި ހިމެނޭ އެއާލައިނެއް

ހަބަރު

އެމިރޭޓްސް އިން ސްރީލަންކާއަށް އިތުރު ފްލައިޓްތަކެއް ބާއްވަނީ

ރާނިއާ - ލަންކާ | 24 ނޮވެންބަރު 2022 , ބުރާސްފަތި 09:58   218

ޗުއްޓީތަކާއި ދިމާކޮށް ދަތުރުފަތުރުގެ އަދަދު އިތުރުވެފައިވުމުން އެމިރޭޓްސް އިން ވަނީ 1 ޑިސެމްބަރު 2022 އިން ފެށިގެން ދުބާއީ އާއި ކޮލަމްބޯއާ ދެމެދު ދުވާލަކު އިތުރު އެއް ޑައިރެކްޓް ފްލައިޓެއް އަޅަން ނިންމާފައެވެ.

މި އިތުރު ހިދުމަތާއި އެކު EK648/EK649 އިން ދަތުރުކުރާ ސިޓީތަކުގެ އަދަދު ތިނެކަށް އިތުރު ވެގެންދާއިރު، އޭގެ ތެރޭގައި ސީދާ ދެ ފްލައިޓާއި ދިވެހިރާއްޖޭގެ ވެރިރަށް މާލެ މެދުވެރިކޮށް ދަތުރުކުރާ އެއް ފްލައިޓްވެސް ހިމެނެއެވެ.

އެމިރޭޓްސް އިން އަޅާ މި ފްލައިޓް އޮންނާނީ ސީދާ ދުބާއިއާއި ކޮލޮމްބޯއާއި ދެމެދުއެވެ. ނަމަވެސް ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މި ފްލައިޓް ދާނީ މާލެ އިން ޓްރާންސިޓް ކޮށެވެ.

އެމިރޭޓްސް އިން ކޮލަމްބޯއަށް ކުރާ ދަތުރުތަކުގައި ތިން ކްލާހުގެ ކޮންފިގްރޭޝަނެއް ޒަމާނީ ބޮއިންގް ER300-777 މަތިންދާބޯޓުތަކުން އޮޕަރޭޓް ކުރެއެވެ. މިފްލައިޓްތަކުގެ ފާސްޓް ކްލާހުން ސުއިޓްތައް ލިބިގެންދާއިރު، ބިޒްނަސް ކްލާހުން އޮށޯވޭ ގޮތަށް ހުންނަ ސީޓުތައް އަދި އިކޮނޮމީ ކްލާހުގާއި ތަނަވަސް ޖާގަ ލިބޭ ސީޓުތައް ލިބިގެންދެއެވެ. ލަންކާއިން ދަތުރު ކުރާ އަދި ލަންކާއިން އެހެން ތަންތަނަށް ދަތުރުކުރާ ދަތުރުވެރިންނަށް އެމިރޭޓްސްގެ އެވޯޑް ލިބިފައިވާ ހިދުމަތާއި އިންޑަސްޓްރީގައި ކުރިއަރާފައިވާ އުފެއްދުންތަކުގެ ފައިދާ ވައިގެ ތެރޭގައި އަދި ބިމުގައިވެސް ހުރިހާ ކްލާހަކަށް ލިބިގެންދެއެވެ.

އެމިރޭޓްސް އިން ލަންކާއަށް އޮޕަރޭޝަންތައް ފެށީ 1986 ވަނަ އަހަރު އެވެ. މިއަހަރުގެ ކުރީކޮޅު ކޮލަމްބޯއަށް ކުރާ އޮޕަރޭޝަންތައް ހިންގާތާ 36 އަހަރު ފުރުން ވެސް ވަނީ ފާހަގަކޮށްފައެވެ.

ޓެގްސް: ރާއްޖެއަންނަ އެއަރލައިންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.