ނޭޓޯގެ މަޖިލިސް ޖަލްސާގެ ތެރެއިން

ދުނިޔެ

ނޭޓޯ އިން ރަޝިޔާއަކީ 'ޓެރަރިސްޓް ދައުލަތެއް' ކަމަށް ބުނެ، ޔޫކްރޭއިނަށް އަށް ތާއިދުކުރަން ގޮވާލައިފި

ރާނިއާ - ޔޫރަޕް | 23 ނޮވެންބަރު 2022 , ބުދަ 12:56   267

ނޭޓޯގެ 68 ވަނަ އަހަރީ ޖަލްސާގައި ނޭޓޯގެ ޕާލަމެންޓްރީ އެސެމްބްލީ (ނޭޓޯ ޕީއޭ) އިން ހޯމަ ދުވަހު ޔޫކްރޭންގެ ވަފުދުގެ ހުށަހެޅުންތަކަށް ތާއީދުކޮށް، ރަޝިޔާއަކީ "ޓެރަރިސްޓް ދައުލަތެއްގެ" ގޮތުގައި ބަލައިގަންނަން އިއްތިފާގުން ގަރާރެއް ފާސްކޮށްފިއެވެ. ޕީއޭއިން ފާސްކުރި ސިލްސިލާ ގަރާރުތަކެއްގައި ނޭޓޯގެ 30 އެކުވެރި ގައުމުތަކުން ޔޫކްރޭންގެ ދެކޮޅުވެރިކަމަށް ތާއީދުކުރުން ވަރުގަދަކޮށް، ޔޫރޯ އެޓްލާންޓިކް މުއައްސަސާތަކުގެ ތެރެއަށް އެގައުމު ގުޅުމަށް ތާއީދު ކުރުމަށް ގޮވާލިއެވެ. ހަމައެހެންމެ "މިހާރުގެ ވެރިކަމުގައި ރަޝިޔާގެ ދައުލަތަކީ ޓެރަރިސްޓް ދައުލަތެއް ކަމަށް ސާފުކޮށް ބުނަން" ޕީއޭ އިން މެމްބަރުންނަށް އިލްތިމާސް ކުރިއެވެ.

ޕީއޭގެ ރައީސް ޖޯއެލް ގާޔޫ-މިލޯމް ވަނީ ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ކުށްވެރި ކުރައްވާފައެވެ. އަދި ރައީސް ވްލަޑިމިއާ ޕޫޓިން ރަޝިޔާ ސިފައިން ޔޫކްރޭނަށް ވަނުމަށް އަމުރު ކުރެއްވުމުގެ ކުރިން ހުޅަނގުގެ އެކުވެރިންނަށް އިރުމަތީގެ ބައިވެރިންގެ އިންޒާރުތައް އަޑުއަހަން ނާކާމިޔާބުވެފައި ވާކަން ވެސް ޖޯއެލް އިތުރަށް ވަނީ ބުނެފައެވެ.

މިގޮތުން ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޕީއޭއާ މުހާތަބު ކުރައްވައި، ރަޝިޔާގެ އަނިޔާވެރިކަމާ ދެކޮޅަށް ވަރުގަދައަށް ތެދުވެ، ޔޫކްރޭނަށް ތާއީދު އިތުރު ކުރުމަށް ނޭޓޯގެ އެކުވެރިންނަށް ވަނީ ގޮވާލާފައެވެ.

ބައިނަލްއަޤްވާމީ އެހެން ޖަމާޢަތްތަކުންވެސް ވަނީ ޔޫކްރޭންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ ކުށްވެރިކޮށްފައެވެ.

އެހެންކަމުން އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ކައުންސިލް އޮފް ޔޫރަޕް (ޕީއޭސީއީ) ގެ ޕާލަމެންޓްރީ އެސެމްބްލީން ވަނީ ރަޝިޔާގެ ފެޑެރޭޝަނަކީ ޓެރަރިސްޓް ވެރިކަމެއް ކަމަށް ބުނެ ގަރާރެއް އިއްތިފާގުން ފާސްކޮށްފައެވެ. ރަޝިޔާއަކީ ޓެރަރިސްޓް ދައުލަތެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ ބައިނަލްއަގްވާމީ ޖަމިއްޔާއަށް ޕީއޭސީއީ ވެގެންދިޔައެވެ.

މީގެ އިތުރުން ޔޫކްރޭންގައި ކުރާ ހަނގުރާމައިގެ ތެރޭގައި ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ކަންތައްތަކުގެ ޒިންމާ ރަޝިޔާއިން ޖަވާބުދާރީވާން ޖެހޭ ކަމަށާއި، ހަނގުރާމައިގެ ބަދަލު ދޭން ޖެހޭނެ ކަމަށް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އ.ދ. ގެ އާންމު މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފައެވެ.

ޓެގްސް: ރަޝިއާ ނޭޓޯ ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.