ޖީއެސްޓީ އަދި ޓީޖީއެސްޓީ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބޮޑުވާނެ

ހަބަރު

އާޓެކްސް ރޭޓާއިއެކު، ޖެނުއަރީ 1 އިން ފެށިގެން ތަކެތީގެ އަގަށް ބަދަލު އަންނާނެ

ރާނިއާ - ދިވެހި ރާއްޖެ | 23 ނޮވެންބަރު 2022 , ބުދަ 10:26   211

ރައީސް އިބްރާހިމް މުހައްމަދު ސޯލިޚް ވަނީ މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2011) އަށް ގެނައި ހަ ވަނަ އިސްލާހުގެ ބިލް އަންގާރަ ދުވަހު ތަސްދީގު ކުރައްވައިފައެވެ. މަޖިލީހުން މި ބިލް ފާސްކޮށްފައިވަނީ ނޮވެމްބަރު 16 2022 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 39 ވަނަ ޖަލްސާގައެވެ.

މިއާއިއެކު، އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ 6% އިން 8% އަށް ޖީއެސްޓީ އިތުރުކޮށް، ޓީޖީއެސްޓީ 12% އިން 16% އަށް އިތުރުކުރެވިގެން ދާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ތަގްސީދު ކުރި އިސްލާހުގައިވެއެވެ. ހަމަ އެހެންމެ ޖީއެސްޓީ އަދި ޓީޖީއެސްޓީ އިތުރުކުރުމާއެކު އަންނަ އަހަރު ދައުލަތުގެ މުދަލަށް އިތުރު 3.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.

މި އިސްލާހު ގެނެސްފައިވާ މައިގަނޑު ސަބަބކީ ދުނިޔޭގެ އިގްތިސާދު ބަދަލުވަމުން އަންނަނިކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅު އަޅަން މަޖުބޫރު ކުރުވާކަން ސަރުކާރުން ހުށަހަޅާފައިވާ ފިސްކަލް ސްޓްރެޓެޖީގެ އަމާޒުތައް ހާސިލު ކުރުމުގެ ގޮތުންނެވެ. އަދި ފިޔަވަޅުތަކެއް ނާޅާއިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށް މާލީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އަދި ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއި އކު އާމްދަނީ އިތުރު ކުރުމުގެ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވެސް ވަނީ ބުނެފައެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވަނީ މިއީ ޓެކްސް ބޮޑު ކުރަން އެންމެ ރަނގަޅު ދުވަސްވަރު ކަމަށް ނުފެންނަ ކަމަށް ބުނެފައެވެ. އަދި ޖީއެސްޓީ އާއި ޓިޖީއެސްޓީ ބޮޑު ކުރުމުގެ ސަބަބުން ރާއްޖެގެ އިންފްލޭޝަން 5.4 އިންސައްތަ އަށް އިތުރުވެގެން ދާނެ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފެކްޝަންގެ މީހުންގެ ތެރެއިން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ފެކްޝަންގެ މީހުން ތިބީ ޓެކްސް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުގާއި ހުށަހެޅި އިސްލާހާއި ދެކޮޅަށަވެ. އަދި މި ބިލް ރައްޔިތުންގެ މަޖިލީހުގާއި ފާސްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދް ސޯލިޚްގެ ފެކްޝަންގެ މީހުންގެ ރުހުމާއެކުގައެވެ.

ރައިސުލްޖުމްހޫރިއްޔާ މި ބިލް ތަގްސީދު ކުރައްވައިފި ކަމަށް މިހާރު ރައީސް އޮފީހުގެ ގެޒެޓުގައި ވަނީ ޝާއިއުކުރައްވާފައެވެ.

ޓެގްސް: ޓެކްސް އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.