ކްރިސްޓިއާނޯ ރޮނާޑޯއަކީ ޕޯޗުގަލްގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއް އަދި ޕޯޗުގަލްގެ ގައުމީ ޓީމުގެ ކެޕްޓަން

ކުޅިވަރު

ކްރިސްޓިއާނޯ ރޮނާޑޯ ދެފަރާތް އެއްބަސްވެގޮތަށް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްފި

ރާނިއާ - ޔޫރަޕް | 24 ނޮވެންބަރު 2022 , ބުރާސްފަތި 09:30   127

ފޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާޑޯ ވަނީ ވަގުތުން މެންޗެސްޓާ ދޫކޮށްލުމަށް ނިންމާފައެވެ.

މިނިންމުން އައިސްފައިވަނީ އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ، ކްލަބަށް ފާޑުކިޔާ، ޓީމުގެ ކޯޗު އެރިކް ޓެން ހެގް އަށް 'އެއްވެސް ގޮތަކަށް އިހްތިރާމެއް' ނުކުރާ ކަމަށް ބުނެ ޕިއާސް މޯގަންއަށް ދީފައިވާ ހިޔާލުތަފާތުވުން ބޮޑު އިންޓަވިއުއަކަށް ފަހުގައެވެ.

ދެ ފަރާތުންވެސް ވަނީ ރޮނާޑޯ ކްލަބުން ވަކިވެ ވަޑައިދަތީ 'ދެފަރާތުން އެއްބަސްވެގެން' ކަމަށް ބުނެފައެވެ.

"އޯލްޑް ޓްރެފޯޑްގާއި ރޮނާޑޯ ހޭދަކޮށްފައިވާ 2 މުއްދަތުގާއި އޭނާ ކްލަބަށް ކޮށް ދީފައިވާ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން"، މެންޗެސްޓާ ޔުނައިޓެޑުން ނެރެފައިވާ ބަޔާނުގާއި ބުނެފައިވެއެވެ.

އޭނާއާއި އޭނާގެ އާއިލާއަށް މުސްތަގްބަލުގައި ވެސް ހެޔޮއެދުންތައް އަރިސްކުރާ ކަމަށާއި، މެންޗެސްޓާ ޔުނައިޓެޑްގެ އެންމެން ވެސް ތިބީ އެރިކް ޓެން ހެގްގެ އިރުޝާދުގެ ދަށުން ޓީމުގެ ކުރިއެރުމަށް މަސައްކަތް ކުރުމަށާއި ދަނޑުގައި ކާމިޔާބީ ހޯދައިދިނުމަށް އެކުގައި މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށް ޔުނައިޓެޑްގެ ބަޔާނުގާއި ވަނީ އިތުރަށް ބުނެފައެވެ.

ޓެންހެގް ކޯޗުކަމުގެ ފުރަތަމަ ސީޒަނުގައި ޕްރިމިއާ ލީގުގެ ފަސް ވަނައިގައި ޔުނައިޓެޑް އޮތްއިރު، މި ސީޒަން ވަނީ ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ބްރޭކެއް ނަގައިފައެވެ.

ޓެގްސް: ޕޯޗުގަލް މެންޗެސްޓަރ ޔުނައިޓެޑް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.