އިންޑޮނޭޝިާއަށް އައި ބިންހެލުމުގެ އަސަރުކޮށްފައިވާ ސްކޫލެއް

ދުނިޔެ

އިންޑޮނޭޝިއާއަށް އައި ބިންހެލުން : މަރުވި މީހުންގެ އަދަދު ގިނަ، ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް

ރާނިއާ - އޭޝިއާ | 24 ނޮވެންބަރު 2022 , ބުރާސްފަތި 09:49   206

އިންޑޮނޭޝިއާގެ ސަލާމަތީ ފަރާތްތަކުން ދަނީ ހުޅަނގު ޖާވާއަށް އައިސްފައިވާ ބިންހެލުމާއި ގުޅިގެން ތާށިވެފާއި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެސަރަހައްދުގާއި ހަރަކާތްތެރިވަމުންދާ އޮފިޝަލުން ބުނާ ގޮތުގާއި މަރުވި މީހުންގެ އަދަދު 268 އަށް އަރާއިރު އޭގެ ތެރޭގައި ގިނައީ ކުޑަ ކުދިންނެވެ. 151 މީހުން އަދިވެސް ގެއްލިފާއިވާއިރު، 1000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އެހެންކަމުން ހަލާކުވެފައިވާ މަގުތަކާއި ގެއްލުން ލިބިފައިވާ ސަރަހައްދުގެ ބޮޑުކަމުން މި ބިންހެލުމުގާއި ޝިކާރަވެފައިވާ މީހުން ހޯދުމާއި، އެހީތެރިވެދިނުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އެޖެންސީން ބުނީ 22،000 ގެއަށް ގެއްލުން ލިބިފައިވާ ކަމަށާއި، ސަރަހައްދުގެ ބައެއް ތަންތަނަކީ 58،000 އަށް ވުރެ ގިނަ މީހުން ހިޔާވަހިކަން ހޯދާފައިވާ ތަންތަން ކަމަށެވެ.

5.6 މެގްނިޓިއުޑްގެ މިބިންހެލުން ވަނީ ހޯމަ ދުވަހު ފަރުބަދަތަކަށް އައިސް، ހުޅަނގު ޖާވާގެ ޓައުން ސިއަންޖޫރް ކައިރީގައި އޮންނަ ރަށްފުށު ހިސާބުތައް މުޅިން ވަޅުލާފައެވެ.

މިގޮތުން ނޭޝަނަލް ސާޗް އެންޑް ރެސްކިއު އޭޖެންސީގެ މަންދޫބަކު ވަނީ ބިންހެލުމުގާއި މަރުވެފައިވާ ގިނަ މީހުންނަކީ ކުދަ ކުދިންކަމަށްވެސް ކަށަވަރުކޮށްދީފައެވެ.

10 ކިލޯމީޓަރު (ހަ މޭލު) ގެ ފުންމިނަށް އައިސްފައިވާ ބިންހެލުމާއި ގުޅިގެން އޭގެ ފަހުން ދިހަވަރަކަށް ބިންހެލުން އައިސް، ގޯސްކޮށް ހަދާފައިވާ ގެތައް ވެއްޓިފައި ވުމުގެ ސަބަބުން އިތުރު ގެއްލުންތަކެއްވެސް ވަނީ ލިބިފައެވެ.

ޓެގްސް: އިންޑޮނޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.