ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދް ނަޝީދު

ހަބަރު

ބޮޑު މުސާރަ ނަންގަވައިގެން މެންބަރުން މަޖިލީހަށް ވަޑައިނުގަތުމަކީ ވަރަށް ބޮޑު ހިތާމައެއް : ރައީސް ނަޝީދު

ރާނިއާ - ދިވެހި ރާއްޖެ | 24 ނޮވެންބަރު 2022 , ބުރާސްފަތި 09:27   328

ބޮޑު މުސާރަ ނަންގަވަމުން، މީގެ އިތުރަށް އެތައް ބައިވަރު ރުފިޔާއެއް ކޮމިޓީ އެލަވެންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ މެންބަރުން މަޖިލީހަށް ވަޑައިނުގަތުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދް ނަޝީދް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން، ރައިސް ނަޝީދް ވަނީ މިއަދުވެސް މަޖިލީހުގެ ދާއިރާތައް ތަމްސީލުކޮސްދޭ 87 މެންބަރުންގެ ތެރެއިން މަޖިލީހަށް ހާޒިރުވެފައިވަނީ 22 މެންބަރުން ކަމަށް ވިދާޅުވެފައެވެ.

މުސާރައިގެ ގޮތުގައި 80ހާހަށް ވުރެ ގިނަ ރުފިޔާ މެމްބަރުން ގެއަށްގެންދަވާ. މެމްބަރުން އިންތިޚާބުވެފައި ތިބެނީ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި ތަމްސީލްކުރެއްވުމަށް. އެހެންކަމުން މަޖިލީހަށް މެމްބަރުން ވަޑައިނުގަތުމަކީ ވަރަށް ބޮޑު ހިތާމައެއް.

~ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދް

މިގޮތުން ރައީސް ނަޝީދް ވަނީ އެންމެ ފުރަތަމް ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާ މެންބަރުން މަދުވެގެން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އަންނަ އަހަރުގެ ބަޖެޓު ކަނޑައަޅަން ޖެހޭކަމަށް ރައީސް ނަޝީދް ވިދާޅުވެފައިވާތީ ބަޖެޓު ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ މެންބަރުން ވަނީ 15 މިނިޓުގެ ވަގުތު ކަނޑައަޅުއްވާފައެވެ.

އަންނަ އަހަރުން ދައުލަތުން ލަފާކުރާ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސް އިބްރާހިމް މުހައްމަދް ސޯލިޚް ކޮށްފައިވާ ވައުދުތައް ފުއްދުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.