ޒެލެންސްކީ ރަޝިޔާގެ އަށް ދަށުން ސަލާމަތްވި ޚަރްސާންއަށް ކުރި ދަތުރުގެ ތެރެއިން

ދުނިޔެ

ހޫނު ގަދަވެ، ފެން ފޮރުކޮށްދިނުމަށްޓަކައި ޔޫކްރޭނުން 'އިންވިންސިބިލިޓީ' ސެންޓަރުތަކެއް ގާއިމްކުރުމަށް ކުރަނީ

ރާނިއާ - ޔޫރަޕް | 29 ނޮވެންބަރު 2022 , އަންގާރަ 10:09   138

ފިނި މޫސުމުގައި، ރަޝިޔާއިން އިންޖީނުގެތަކާއި އެހެނިހެން ވަސީލަތްތައް ނައްތާލައިފިނަމަ އަސާސީ ހިދުމަތްތައް ބޭނުންވާ ޔޫކްރޭންގެ ރައްޔިތުންނަށް ހާއްސަ "އިންވިންސިބިލިޓީ ސެންޓަރުތަކަށް" ބަދަލުވެވޭނެ ކަމަށް ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ އަންގާރަ ދުވަހު ވިދާޅުވެފައެވެ.

މުޅި ޔޫކްރޭންގާއި ހިމެނޭ ގޮތަށް އެތައް ހާސް ސެންޓަރުތަކުން، ކަރަންޓާއި، ހޫނު ކަމާއި، ފެނާއި، އިންޓަނެޓްގެ ހިދުމަތާއި، މޮބައިލް ފޯން ކަނެކްޝަން އަދި ބޭސް ފިހާރައެއް ވެސް 24 ގަޑި އިރު ހިލޭ ލިބޭނެ ކަމަށް ޔޫކްރޭންގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ރަޝިޔާއިން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން 10 މިލިއަން ކޮންސިއުމަރުންނަށް ދިގު މުއްދަތައް ކަރަންޓުގެ ހިދުމަތް ކެންޑިގެންދެއެވެ. އަދި ޔޫކްރޭންގެ ނޭޝަނަލް ޕަވަރ ގްރިޑް އޮޕަރޭޓަރުން އަންގާރަ ދުވަހު ބުނެފައިވަނީ މިކަމުން ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށެވެ.

މިހާރުވެސް 4،000 އަށްވުރެ ގިނަ ސެންޓަރުތައް ގާއިމުކޮށްފައިވާ ކަމަށާއި، އިތުރު ސެންޓަރުތަކެއް ގާއިމު ކުރުމަށް ރާވާފައިވާ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ވެބްސައިޓަކުން ބަލައިގެން އެމީހުންނާއި އެންމެ ކާއިރީގައި ހުރި މަރުކަޒު ކަނޑައެޅުމަށް ޔޫކްރޭނުގެ ރަީސް ވަނީ ބެލުންތެރިންނަށް އިލްތިމާސްކޮށްފައެވެ.

ޔޫކްރޭންގައި ރަޝިޔާގެ ކެމްޕޭންގެ ފޯކަލް ޕޮއިންޓަކަށް ހަކަތަ ވެފައިވާއިރު، ޒެލެންސްކީ އާއި އެހެން އޮފިޝަލުން ވަނީ ޔޫކްރޭންގެ ކޮންސިއުމަރުންނަށް ކަރަންޓު ސަލާމަތްކޮށް، ކަރަންޓު ބޭނުންކުރުން އޮފް ޕީކް ގަޑިތަކަށް ބަދަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

މި މަހުގެ ކުރީކޮޅު ރަޝިޔާގެ ސިފައިން ދޫކޮށްލާފައިވާ ޚަރްސާން ސިޓީގައި ވެސް ޔޫކްރޭންގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މިފަދަ ކުއްލި ހިދުމަތްދޭ ޕޮއިންޓްތައް ގާއިމްކޮށްފައެވެ. އަދި މޯބައިލް ޑިވައިސްތައް ޗާޖު ކުރުމަށް ސިޓީ ސެންޓަރަށް ގިނަ މީހުން އެއްވެފައި ތިބެއެވެ.

ޓެގްސް: ރަޝިއާ ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.