ފޮކްސްކޮންގެ ފެންސް ފަޅާލާއިފައި މުޒާހަރާވެރިން އެޗސަރަހައްދުގާއި ހަރަކާތްތެރިވަމުން

ދުނިޔެ

ޗައިނާގެ އައިފޯން ފެކްޓްރީގާއި ހަމަނުޖެހުންތައް ހިންގާފައިވާކަން ކަށަވަރުވެއްޖެ

ރާނިއާ - އޭޝިއާ | 30 ނޮވެންބަރު 2022 , ބުދަ 00:05   151

ޗައިނާގެ މެދުތެރޭގައި ހުންނަ ފޮކްސްކޮން ކުންފުނީގެ ބޮޑު ޕްލާންޓުގައި މުޒާހަރާތައް ހިންގައި އެކުންފުނީގެ މަސައްކަތްތެރިން ސަލާމަތީ ފަރާތްތަކަށް އަނިޔާދެމުން އައިސްފައިވާ މަންޒަރު ފެންނަ ފޫޓޭޖްތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވުމާއެކު، ފޮކްސްކޮން އިން ވަނީ އެކުންފުނީގައި 'ހަމަނުޖެހުންތަކެއް' ހިނަގާފައިވާކަން ބުދަ ދުވަހު ކަށަވަރުކޮށްދީފައެވެ.

ޕްލާންޓުގާއި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ވަނީ މުސާރައާއި، މަސައްކަތް ކުރާ ތަނުގެ މާހައުލާއި ބެހޭގޮތުން ޝަކުވާކޮށްފަ ކަމުގައިވިޔަސް، ދުނިޔޭގެ އެންމެ ބޮޑު އައިފޯން އުފައްދާ ކުންފުނި ޖަންގްޖޫގެ ފެކްޓްރީގައި ކޮވިޑް-ޕޮޒިޓިވް ސްޓާފުންނާއެކު އަލަށް ވަޒީފާއަށް ނެގި މީހުން ބަހައްޓާފައިވާ ކަން އެކުންފުނިން ނެރެފައިވާ ބަޔާނުގާއި ވަނީ ދޮގުކޮށްފައެވެ.

އޭއެފްޕީއިން ޔަގީންކޮށްފައިވާ ވެއިބޯ އާއި ޓްވިޓާގައި އާންމުވެފައި ވީޑިއޯތަކުން ދުވާލު ވަގުތު އަލި މަގެއްގައި އެތައް ސަތޭކަ މަސައްކަތްތެރިންނެއް ހަޅުތާލުކުރަމުން އަިއސްފައިވާ މަންޒަރު ފެނެއެވެ. އަދި ބައެއް މަސައްކަތްތެރިންނާއި ދިމާއަށް ހަޅުތާލު ހުއްޓުވުމަށް ތިބޭ ހާއްސަ ފުލުހުން އާއި ހަޒްމަޓް ސޫޓުގައި ތިބި މީހުން ގޮސްފައިވާ މަންޒަރުވެސް މި ވީޑިއޯތަކުން ފެނިގެންދެއެވެ.

އެޕަލްގެ ޕްރިންސިޕަލް ސަބްކޮންޓްރެކްޓަރު ކަމަށްވާ ޓައިވާންގެ ޓެކް ޖަޔަންޓް ކުންފުނީގެ ޖެންގްޖޫ ސައިޓުގައި ކޮވިޑް-19 ގެ ކޭސްތައް ވަނީ އިތުރުވެފައެވެ. މިކަމުގެ ސަބަބުން އެކުންފުނިން ވަނީ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ކޮމްޕްލެކްސް މުޅިން ބަންދުކޮށްފައެވެ.

ހަމަ އެހެންމެ ގިނަ އަދަދެއްގެ ބިރުގަނެފައިވާ މަސައްކަތްތެރިން ފައިމަގުގައި އެތަނުން ފިލައިގެން ދިޔަ ފޫޓޭޖްތައްވެސް މި މަހު ކުރީކޮޅު ވަނީ ފެންމަތިވެފައެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.