މެލޭޝިއާގެ ރަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހު ކުއަލާ ލަމްޕޫރުގެ ގައުމީ ގަނޑުވަރުގެ ބޭރުގައި މީޑިއާގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ފަހު

ހަބަރު

ސިޔާސީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި މެލޭޝިއާގެ ރަސްގެފާނު ޝާހީންގެ ބައްދަލުވުމަކަށް ގޮވާލައްވައިފި

ރާނިއާ - މެލޭޝިޔާ | 28 ނޮވެންބަރު 2022 , ހޯމަ 00:06   133

މެލޭޝިއާގެ ބޮޑުވަޒީރަކު ހޮވުމުގެ ގޮތުން އެގައުމުގެ ރަސްގެފާނު ސުލްތާން އަބްދުﷲ ވަނީ ޝާހީންގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސާފައިކަމަށް ގަނޑުވަރުން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.

މިމަގާމު ލިބުން އެންމެ ކުރީގައި ދެމިތިއްބަވަނީ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް އާއި ކުރީގެ ބޮޑުވަޒީރު މުހިއްދީން ޔާސީންއެވެ.

މެލޭޝިއާގެ ރަސްގެފާނަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގިނަ ތާއީދު އޮންނަ ކަމަށް ގަބޫލުކުރާ ޕްރިމިއަރަކު އައްޔަން ކުރުމުގެ އިޚްތިޔާރީ ބާރު ލިބިގެންވެއެވެ.

ގަނޑުވަރުން ބުދަ ދުވަހު ނެރެފައިވާ ބަޔާނުގާއި މެލޭޝިއާގެ ޝާހީންގެ މި ބައްދަލުވުމަކީ ރަސްގެފާނަށް "ގައުމާއި ރައްޔިތުންގެ ފައިދާއާއި ދުޅަހެޔޮކަން ލިބިގެންވާ ނިންމުމަކަށް" އައުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށް ބުނެފައެވެ.

ބޮޑުތަނުން މުސްލިމް މެލޭޝިއާއަކީ ދުސްތޫރީ ރަސްކަމުގެ ނިޒާމެކެވެ. އަދި ގަރުނުތަކެއް ކުރިން އުޅުނު އިސްލާމީ ޝާހީންގެ އިސްވެރިންގެ އިސްވެރިކަމުގައި މެލޭޝިއާގެ ނުވަ ދައުލަތުގެ ވެރިންގެ މެދުގައި ކޮންމެ ފަސް އަހަރަކުން ތަޚުތު ބަދަލުވަމުންއައިސްފާވާ އިންތިޒާމެއް އޮންނަނީ ގާއިމްކޮށްފައެވެ.

ޓެގްސް: މެލޭޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.