ބްރެޒިލް | ސާބިއާ, މިމެޗު ކުޅެފައިވަނީ ރާއްޖެ ގަޑިން 25 ނޮވެމްބަރު ވާ ހުކުރު ދުވަހުގެ ދަންވަރު 12 ޖެހިއިރުއެވެ. މެޗުން ބްރްޒިލް މޮޅުވެފައިވަނީ 2-0 ގެ ނަތީޖާ އަކުންނެވެ.
މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައި، މޮޅަށް ކުޅެފައިވަނީ ވެސް ބްރެޒިލް އިންނެވެ. ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައި ނުވެއެވެ. މެޗުގައި ބްރެޒިލް އިން 22 ފަހަރު ޝޫޓޫކޮށްފައިވާއިރު، ސާބިއާ ޓިމަށް ނެގުނީ އެންމެ ފަސް ޝޮޓެވެ. އޭގެ އެއްވެސް ބޯޅައެއް ގޯލަށް އަމާޒުވެފައި ނުވެއެވެ.
ގޯލުތައް:
ފުރަތަމަ ގޯލު 62' ގައި Richarlison
ދެވަނަ ގޯލު 73' ގައި Richarlison
ފީފާ ވޯލްޑް ރޭންކިންގައި 1 ވަނައިގައި އޮތް، ބްރެޒިލް އަކީ މިހާތަނަށް ހުރިހާ ވޯލްޑްކަޕެއްގައި ކުޅެފައިވާ ހަމައެކަނި ޤައުމެވެ. ނަމަވެސް، މުބާރާތަށް ކޮލިފައި ވުމަށް ކުޅުނު 17 މެޗުގެ ތެރެއިން 3 މެޗުން ބަލިވެފައިވެއެވެ.
ޔޫރަޕް ސަރަޙައްދުން ނިކުންނަ ސާބިއާ އޮތީ ފީފާ ރޭންކިންގެ 21 ވަނައިގައެވެ.
މެޗް ޕްރިވިއު/ސަމަރީ
ގްރޫޕް ޖީ ގެ މެޗުތައް :
ގްރޫޕްތައް ބެހިފައިވާ ގޮތް :
ގްރޫޕް A | ޤަޠަރު، އެކުއެޑޯރ، ސެނެގާލް، ނެދަލޭންސް
ގްރޫޕް B | އިނގިރޭސިވިލާތް، އިރާން، އެމެރިކާ، ވޭލްސް
ގްރޫޕް C | އާޖެންޓީނާ، ސައުދި ޢަރަބިއާ، މެކްސިކޯ، ޕޮލެންޑް
ގްރޫޕް D | ފްރާންސް، ޑެންމާކް، ޓިއުނީސިއާ، އޮސްޓްރޭލިއާ
ގްރޫޕް E | ސްޕޭން، ޖަރުމަން، ޖަޕާން، ކޮސްޓަރިކާ
ގްރޫޕް F | ބެލްޖިއަމް، ކެނަޑާ، މޮރޮކޯ، ކްރޮއޭޝިއާ