ނެދަލޭންޑްސް | އެކުއެޑޯ

ކުޅިވަރު

ވޯލްޑްކަޕް 2022 : ނެދަލޭންޑްސް | އެކުއެޑޯ

އަލީ އަޒްޔަން - ދުނިޔެ | 25 ނޮވެންބަރު 2022 , ހުކުރު 14:15   189

ޔޫރަޕްގެ ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ނެދަލޭންޑްސް ނުވަތަ ހޮލޭންޑާއި، ދެކުނު އެމެރިކާ ސަރަޙައްދުގެ ޤައުމެއްކަމަށްވާ އެކުއެޑޯރާއި ބައްދަލުކުރި މެޗުގެ ކުޅުން އޮތީ ނޮވެމްބަރު މަހުގެ 25 ވާ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 9:00 ގައި، ޤަޠަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ.

މިމެޗު 1-1 ގެ ނަތީޖާއިން އެއްވަރުވީއެވެ.

މިއީ މި ދެޓީމުން ވެސް މިމުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ކުރީގެ ދެމެޗުންވެސް މޮޅުވެ ދެޓީމުން ވަނީ ކޮންމެ ޓީމަކަށް 3 ޕޮއިންޓް ހޯދާފައެވެ. އެހެންކަމުން މިހާރު ކޮންމެ ޓީމަކަށް 4 ޕޮއިންޓް ލިބިފައިވާއިރު، މުބާރާތް ބާއްވާ ޤައުމު، ޤަޠަރަށް ވަނީ އެއްވެސް މެޗަކުން މޮޅު ނުވެވި މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުޞަތު ގެއްލިފައެވެ.

މެޗާއި ގުޅޭ މުހިއްމު މަޢްލޫމާތު

ޓެގްސް: ވޯލްޑްކަޕް ފުޓުބޯޅަ އެކުއެޑޯރ ނެދަރލޭންޑްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.