އެއާ އިންޑިއާގެ މަތިންދާ ބޯޓެއް

ހަބަރު

އެއާ އިންޑިއާ އިން ބޯލާއި ތުނބުޅި ކަޅުކުރަން އަންގައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 26 ނޮވެންބަރު 2022 , ހޮނިހިރު 09:51   236

އިންޑިއާގެ މައި އެއާލައިން، އެއާ އިންޑިއާ އިން ހެދުން އެޅުމާއި ރީތިވުމުގެ އާ މިންގަނޑަށް ފާޑުކިއުން އަމާޒު ވެއްޖެއެވެ.

އާމިންގަނޑުގައިވާގޮތުން، ފިރިހެނުން ގަވާއިދުން ބޯ ކަޅުކުރަންޖެހެއެވެ. އަދި ހަމަ އެގޮތަށް ބޮލުގައި އިސްތަށިތައް މަދު މީހުން ބޯ ބަހައްޓަންޖެހެނީ ބާލާފައެވެ.

ފަސް ސޮފްހާ ހިމެނޭ މިގަވާއިދު އާއްމު ކުރުމާއިއެކު ގަވާއިދުވަނީ މީޑިއާއަށް ވެސް ތިލަވެފައެވެ.

މިގާއިދާއިއެކު ކައިވެނީގެ ގަހަނާތައް ވެސް ބޭނުން ނުކުރެވޭނެއެވެ.

މިއަށް ފާޑު ކިޔާ ފަރާތްތަކުން ބުނެފައިވަނީ މިއީ އުމުރާއި ޖިންސުގެ ތަފާތުކުރުންތަކެއް ކަމަށެވެ.

މިކަމާއި ގުޅިގެން އެއާއިންޑިއާގެ އޮފިޝަލުންނާއި ޙަވާލާދީ އެއާ އިންޑިއާއިން ބުނެފައިވަނީ، މިއީ ބައިނަލް ޢަޤްވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހުނު ފިޔަވަޅުތަކެް ކަމަށެވެ.

ޓެގްސް: އިންޑިއާ ވައިގެ ދަތުރުފަތުރު ރާއްޖެއަންނަ އެއަރލައިންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.