ފްލައި ޑުބާއި އަކީ ދުބާއިގައި ހުންނަ އެމިރޭޓްސް ސަރުކާރުގެ އަގުހެޔޮ އެއާލައިނެއް

ހަބަރު

ފްލައި ޑުބާއިގެ ފްލައިޓްތައް އަންނަ އަހަރުން ފެށިގެން އައްޑުއަށް އޮޕަރޭޓް ކުރަނީ

ރާނިއާ - އައްޑޫ އަތޮޅު | 27 ނޮވެންބަރު 2022 , އާދީއްތަ 21:53   178

ފްލައި ޑުބާއިގެ ފްލައިޓްތައް އަންނަ އަހަރުން ފެށިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރާން ފަށާނެއެވެ.

ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ދެވަނަ އެންމެ ބޮޑު ބައިނަލްއަގްވާމީ އެއާޕޯޓަށް ކޮންމެ ދުވަހަކު ވެސް ބަޖެޓް ކެރިއާ ދަތުރުކުރާއިރު، މިއީ އިނގިރޭސި ރޯޔަލް އެއާފޯސްގެ ކުރީގެ ބޭސްއެއް ކަމަށްވާ ގަމަށް ދަތުރުކުރާ ޔޫއޭއީގެ ފުރަތަމަ އެއާލައިންވެސް މެއެވެ.

މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ކުރާ ދަތުރުތަކާއި އެކު ފްލައި ޑުބާއިއިން ފެބްރުއަރީ މަހުން ފެށިގެން ދުބާއީ އާއި ރާއްޖެއާއި ދެމެދު ހަފްތާއަކު 28 ފްލައިޓް އަޅާނެއެވެ.

ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ގަން ފްލައިޓްތައް ދުބާއީއިން ހެނދުނު 9 ޖަހާކަށްހާއިރު، ފުރާނެއެވެ. އަދި ހަވީރު 4 ޖަހާއިރު ރާއްޖެއަށް ފްލައިޓްތައް ފޯރާނެއެވެ. ބާކީ ދުވަސްތަކުގާއި ދުބާއީ އިން ފްލައިޓް ފުރާނީ ދަންވަރު 2:30 ގައި، އަދި ދަތުރުވެރިން އައްޑޫ އަތޮޅަށް ޖައްސާނީ ހެނދުނު 9 ޖަހާ އެހާކަންހާއިރު އެވެ.

އައްޑޫ ސިޓީއަށް ބައިނަލްއަގްވާމީ ފްލައިޓްތައް ދަތުރު ނުކުރާ ކަމަކީ އައްޑޫ ސިޓީ ކައުންސިލްއާއި އައްޑޫގެ ޓުއަރިސްޓް އޮޕަރޭޓަރުންގެ ބޮޑު ކަންބޮޑުވުމެކެވެ. އައްޑޫގާއި ޓުއަރިޒަމް ފުޅާކުރުމަށް ބައިނަލްއަގުވާމީ ދަތުރުތައް އައްޑޫއަށް އިތުރުކޮށް ޓޫރިސްޓް އެނދު އިތުރުކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ޓެގްސް: އައްޑޫ އައްޑޫގެ ޓޫރިޒަމް ގަން އިންޓަނޭޝަނަލް އެއަރޕޯރޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.