ޝަންގްހާއި ސަރަހައްދުގާއި މުޒާހަރާވެރިން ހަރަކާތްތެރިވަމުން

ދުނިޔެ

ޗައިނާ: އުރުމްޗީގާއި ހިނގާދިޔަ އަލިފާނުގެ ހާދިސާއަށް ފަހު މުޒާހަރާ ކުރަން ފަށައިފި

ރާނިއާ - އޭޝިއާ | 28 ނޮވެންބަރު 2022 , ހޯމަ 07:11   158

ޗައިނާގެ، އުރުމްޗީގެ އެޕާޓްމެންޓް ބްލޮކެއްގައި ހިނގާއިދިޔަ އަލިފާނުގެ ހާދިސާގައި 10 މީހުންގެ ފުރާނަ ގެއްލުމާއި ގުޅިގެން ޗައިނާގެ ސަރުކާރުން ތަންފީޒުކޮށްފައިވާ ކޮވިޑްގެ ފިޔަވަޅުތަކާއި ދެކޮޅަށް ކުރަމުންގެންދާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ.

ޝަންގްހާއިގައި ހަރަކާތްތެރިވަމުންދާ ބޭރުގެ ނޫސްވެރިން އާންމުކޮށްފައިވާ ވީޑިއޯތަކުން އަލިފާނުގެ ހާދިސާގާއި ތާށިވި މީހުންގެ ހަނދާނުގައާއި ކޮވިޑް ފިޔަވަޅުތަކާއި ދެކޮޅަށް މުޒާހަރާ ކުރުމަށް އެތައް ހާސް ބަޔަކު މަގުމައްޗަށް ނިކުމެ އުޅޭތަން ފެނެއެވެ.

އަދި އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ގިނަ މީހުން ޗައިނާގެ ރައީސް ޒީ ޗިންޕިންގް އަށް އިސްތިއުފާއަށް ވެސް ވަނީ ގޮވާފައެވެ.

މީހުން ދިރިއުޅެމުން އައިސްފައިވާ މި އިމާރާތް ލޮކްޑައުންކޮށްފައި އޮތުމަކީ އަލިފާނުގެ ހާދިސާ ހިނގައިދިޔަ ސަބަބު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނަމަވެސް ޗައިނާގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ މިކަން ދޮގު ކުރައްވާފައެވެ.

ސަރުކާރާއި ދިމާލަށް ކިޔާ އެއްވެސް ފާޑުކިޔުމަކަށް ހަރުކަށި އަދަބު ލިބޭ ތަނެއްގެ ގޮތުގާއި ޗައިނާއަކީ މަޝްހޫރު ތަނަކަށް ވެފައިވާއިރު މިފަދަ މުޒާހަރާތަކަކީ ޗައިނާއިން ނުފެންނަ އަދި އާދަޔާ ހިލާފު މަންޒަރުތަކެކެވެ.

އާއްދީތަ ދުވަހުގެ ހެނދުނު އެ ސަރަހައްދުގެ ހާލަތު ހަމައަކަށް އެޅުނު ނަމަވެސް، މުޒާހަރާ ހިނގި ސަރަހައްދުގައި ފުލުހުންގެ ހާޒިރީ އިތުރުވެ، ދިހަވަރަކަށް ފުލުހުންނާއި އަމިއްލަ ސެކިއުރިޓީ ގާޑުންނާއި އާދައިގެ ހެދުމުގައި ތިބި ފުލުހުން މަގުމަތީގައި ތިބިކަން ބީބީސީއިން ވަނީ ފާހަގަކޮށްފައެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.