އައިލެންޑް ޝޯ ހައުސްތައް ހަލާކުވެ ފަރުބަދަތަކުގެ މަތީގާއި ކުނި ގިނަވެފައި

ދުނިޔެ

އިޓަލީގެ ޖަޒީރާ ރިސޯޓަކައި އައި ބިންހެލުމެއްގައި އެކަކު މަރުވެ ދިހަ މީހުން ޒަހަމްވެއްޖެ

ރާނިއާ - ޔޫރަޕް | 28 ނޮވެންބަރު 2022 , ހޯމަ 09:04   125

ހޮނިހިރު ދުވަހުގެ ވަގުތެއްގާއި ބޯކޮށް ވާރެ ވެހި އިޓަލީގެ ޖަޒީރާ ރިސޯޓެއް ކަމަށްވާ އިސްކިއާއަށް ބޮޑު ބިންހެލުމެއް އައިސްފައިވެއެވެ. އަދި މި ބިންހެލުމާއި ގުޅިގެން އިމާރާތްތައް ހަލާކުވެ، ޕާކްކޮށްފައި ހުރި ކާރުތައް ކަނޑަށް ވެއްޓި، މަދުވެގެން އެކަކު މަރުވެ، 12 މީހުން ގެއްލިފައިވެއެވެ.

ސަލާމަތްކުރަން މަސައްކަތްކުރާ ފަރާތްތަކުން ވަނީ ތާށިވެފައިވާ މީހުންނާއި ސަލާމަތްވި މީހުން ހޯދުމަށް ކުދި ބުލްޑޮޒަރުތަކެއް ބޭނުން ކުރަމުންނެވެ. ފެރީއިން ރީއިންފޯސްމަންޓްތައް އައިސްފައިވާއިރު، އޭގެ ތެރޭގައި ހޯދުމުގެ މަސައްކަތަށް އެހީތެރިވުމަށް 'ސްނިފަރ' ކުއްތާގެ ޓީމުތަކެއްވެސް ހިމެނެއެވެ.

ބިންގަނޑު ކަނޑައިގެން ގޮސްފައިވަނީ 20 އަހަރު ތެރޭގައި އިސްކިއާ ޖަޒީރާއަށް ފެނުނު އެންމެ ބޯ ވާރޭ ވެހުމުގެ ސަބަބުންނެވެ. ހަ ގަޑިއިރުގެ ތެރޭގައި އެ ޖަޒީރާއަށް 126 މިލިމީޓަރު (ގާތްގަނޑަކަށް ފަސް އިންޗި) ވާރޭ ވަނީ ވެހިފައެވެ.

ހޮނިހިރު ދުވަހު އެއްކޮށް ވާރޭ ވެހިފައިވުމުގެ ސަބަބުން ސަލާމަތީ މަސައްކަތްތަކަށް ދަތިވެ، ސަލާމަތީ ބާރުތައް އައުން ވަނީ ލަސްވެފައެވެ.

އާބާދީ ގިނަ ފަރުބަދަމަތީ ޖަޒީރާއަކީ ގޮނޑުދޮށްތަކާއި ސްޕާތަކުން ފުރިފައިވާ ފަތުރުވެރިކަން މަގުބޫލު މަންޒިލެކެވެ. އަދި 2017 ވަނަ އަހަރު އެ ޖަޒީރާއަށް 4.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް ދެ މީހަކު މަރުވެ ކަސާމިއްޗޯލާ އާއި އަވަށްޓެރި ލަކޯ އަމޭނޯ އަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

ޓެގްސް: އިޓަލީ ކާރިސާ ބިންހެލުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.