ޔޫރަޕްގެ މަތީ ފަންތީގެ އޮފިޝަލުން ވަނީ ބައިޑަން އަށް ފާޑުކިޔާފaއި

ދުނިޔެ

ޔޫކްރޭންގެ ހަނގުރާމައިން ބައިޑަން 'ފައިދާ' ހޯދަމުން އަންނަ ކަމަށް އީޔޫ އިން ބުނެފި

ރާނިއާ - ޔޫރަޕް | 28 ނޮވެންބަރު 2022 , ހޯމަ 07:07   172

ޔޫރަޕްގެ އިސް ވެރިން ދެކޭގޮތުގައި އެމެރިކާގެ ރައިސުލްޖުމްހޫރިއްޔާ ޖޯ ބައިޑަން އަންނަނީ ޔޫކްރޭން ހަނގުރާމާއިން ގިނަ ފާއިދާތަކެއް ނަގަމުންނެވެ.

މި ވާހަކަތައް ތިލަވެފައިވަނީ ތެލުގެ އަގު ބޮޑުވެ، އެމެރިކާއިން ގަންނަ މީހުންނަށް ޓެކްސް ކްރެޑިޓް ދޭ އެމެރިކާގެ ގާނޫނުތަކާއި މެދު ހިތްހަމަ ނުޖެހުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ހަމައެހެންމެ ޕުޓިން ޔޫކްރޭންއަށް އަރައިގަތުމާއި ގުޅިގެން ޔޫރަޕްގެ ގިނަ ގައުމުތަކުގެ އިގްތިސާދު ދަށްވެފައިވި ކަމުގައި ވިޔަސް، އެމެރިކާއަށް މި ހަނގުރާމާއިގެ ސަބަބުން ފާއިދާ ލިބެމުންދާ ކަމަށް ބައެއް އޮފިޝަލުން ވަނީ ބުނެފައެވެ.

"ހަގީގަތަކީ، ވިސްނުންތެރިކަމާއެކު ބަލާއިފިނަމަ، މި ހަނގުރާމައިން އެންމެ ބޮޑު ފައިދާއެއް ލިބޭ ގައުމަކީ އެމެރިކާ ކަން ސާފު. އެމީހުން އަންނަނީ ތެޔޮ، އަދި ހަތިޔާރު ވިއްކަމުން ދާ އަދަދު އަންނަނީ އިތުރުވަމުން" އީޔޫގެ އިސް އޮފިޝަލަކު ޕޮލިޓިކޯއަށް ވަނީ ވިދާޅުވެފައެވެ.

ރަޝިޔާގެ ތެލަށް ބަރޯސާވުން ކުޑަކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ތެޔޮ ހޯދުމަށް އެމެރިކާއަށް ބަރޮސާވެފައިވި ނަމަވެސް އީޔޫއިން ތެޔޮ ގަންނަ އަގަކީ އެމެރިކާ މީހުން ހަމަ އެ އުފެއްދުމަށް ހަރަދުކުރަމުންދާ އަގަށް ވުރެ ހަތަރު ގުނަ ބޮޑު އަގެއް ކަމަށް ރިޕޯޓްތަކުން ދައްކުވައި ދެއެވެ.

ބައިޑެން އޯގަނައިޒޭޝަން ވަނީ މިތުހުމަތުތައް ދޮގުކޮށް، ތެޔޮގެ އަގު ބޮޑުވުމަކީ ޔޫކްރޭން ހަނގުރާމާއިގައި ކުރިމަތިވެފައިވާ ދަތިކަމާއި ގުޅިގެން ކަމަށް ވިދާޅުވެފައެވެ.

ޓެގްސް: ޔޫރަޕް އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.