މަސްވެރިކަމަކީ ޓުއަރިޒަމްއަށް ފަހު ރާއްޖޭގެ އެންމެ ބޮޑޫ ސީނާއަތް

ހަބަރު

އެސްޓީއޯ އިން ހުޅުމާލެ ޖެޓީއިން މަސްވެރިންނަށް ހާއްސަ ރޭޓެއްގައި ތެޔޮ ވިއްކަން ފަށައިފި

ރާނިއާ - ކ. މާލެ | 30 ނޮވެންބަރު 2022 , ބުދަ 00:04   181

ހުޅުމާލޭގައި، މަސްވެރިންގެ ޖެޓީއިން މަސްވެރިންނަށް ހާއްސަ ރޭޓެއްގައި ތެޔޮ ވިއްކުމުގެ އިންތިޒާމު، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހަމަޖައްސައި ދީފިއެވެ. މިއާއިއެކު، މާލެ ސަރަހައްދުން މަސްވެރިންގަންނަން ލިބޭ ތެލުގެ އަގު ހެޔޮވެގެންދާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ޅުމާލެ ޖެޓީއަށް މިހުރިހާ ދުވަހު ތެޔޮ ފޯރުކޮށްދެމުން އައިސްފައި ވަނީ އެންސިސް ފިޝަރީޒްއިންނެވެ. އެހެންކަމުން އެފްއެސްއެމް އިން މިހާރު ވަނީ އެންސިސް ތެޔޮ މަރުކަޒު ހިންގުމާއި ހަވާލުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެންސިސް ފިޝަރީޒް އާއި އެފްއެސްއެމް އިން ސޮއި ކޮށްފައިވާ މި އެއްބަސްވުމުގައި އެންސިސްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެކުންފުނީގެ ޗެއަރމަން މުހައްމަދު ވަސީމްއެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމްއެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ޖެޓީއިން ދެން ތެޔޮ ވިއްކުމުގެ މަސައްކަތް ކުރުއްވާނީ އެފްއެސްއެމްއިން ކަމަށާއި، ތެޔޮ ވިއްކަމުން އަންނާނީ މިފްކޯގެ ރޭޓުން ކަމަށް އެފްއެސްއެމްގެ މެނޭޖިންގް ޑިރެކްޓާ މުހައްމަދް ގަސަމް ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން މަސްވެރިންނަށް މިހާރު ތެޔޮގެ އަގަށް ވުރެ ރަނގަޅު އަގެއްގައި ތެޔޮ ފޯރުކޮށްދޭން ބޭނުންވާ ކަމަށް ވެސް ގަސަމް ވިދާޅުވިއެވެ.

މިފްކޯ އިން މިހާރު ޑީސަލް ވިއްކަމުން އަންނަނީ ލީޓަރެއް 17.63 ރުފިޔާއަށެވެ. މިގޮތުން މިރޭޓުގާއި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުން އައިސްފައިވަނީ މިފްކޯގެ މަސް ބޯޓުތަކުންނާއި، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކުންނެވެ.

މީގެ އިތުރުން ހާއްސަ ރޭޓުގާއި ވިއްކާ މިތެޔޮ ދޫކުރެވޭނީ މަސްވެރިކަމުގެ ރަޖިސްޓްރީކޮށްފަ ހުންނަ އުޅަނދުތަކަށް އެކަނި ކަމަށްވެސް ގަސަމް ވިދާޅުވިއެވެ.

ޓެގްސް: މިފްކޯ ޢެސްޓީއޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.