އިންޓަނޭޝަނަލް މަނިޓަރީ ފަންޑަކީ އ.ދ.ގެ މާލީ މައި އިދާރާ

ހަބަރު

ލަންކާއަށް އައިއެމްއެފްގެ އެއްބަސްވުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިބޭނެގޮތް ވަނީ

ރާނިއާ - އައްޑޫ އަތޮޅު | 28 ނޮވެންބަރު 2022 , ހޯމަ 15:16   240

ޑިސެމްބަރު މަހުގެ އަމާޒަށް ލަންކާ ނުފޯރައިފި ނަމަ، ހަތަރު އަހަރުގެ ތެރޭގައި ލިބިގެންދާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ރެސްކިއު ޕެކޭޖްގެ ދަށުން 2.9 ބިލިއަން ޑޮލަރުގެ ލޯނު ލިބުމުގެ ފުރުސަތު ފަހުންވެސް އެބައޮތްކަމަށް އެޤައުމުން ބުނެފިއެވެ.

މިދިޔަ ހަފްތާގައި މީޑިއަށް މަޢްލޫމާތު ދެއްވަމުން، ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. ނަންދަލާލް ވީރަސިންހާ ޑިސެމްބަރު މަހުގެ އަމާޒަށް ނުފޯރައިފި ނަމަ އަންނަ މާޗް މަސް ވަންދެން ލަންކާއަށް ޑީލް އެކްޓިވޭޓް ނުކުރެވޭނެ ކަމަށް ބުނާ ރިޕޯޓްތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަމަށް ބުނެފައެވެ.

އައިއެމްއެފްގެ ބޯޑުގެ ބައްދަލުވުންތައް ހަފްތާއަކު މަދުވެގެން ތިން ދުވަހު އޮތްނަމަވެސް، އެޖެންޑާގައި ގިނަ ކަންތައްތަކެއް އޮތުމުން، ޑިސެމްބަރު މަހުގެ އަމާޒަށް ނުފޯރުމަކީ އެހާ އުނދަގޫ ކަމެއް ނޫން ކަމަށް ޑރ. ވީރަސިންހާ ވަނީ ވިދާޅުވެފައެވެ.

ކްރެޑިޓަރުންނަށް ދިން ހުށަހަޅައިދިނުމެއްގައި، ލަންކާގެ ކަމާބެހޭ ފަރާތްތަކުން އެކުލަވާލި ޓައިމްލައިންތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ވެވުނު ސްޓާފް ލެވެލް އެއްބަސްވުމަށް އައިއެމްއެފް ބޯޑުން ރުހުން ލިބޭނެ ކަމަށް ލަފާކުރެވެނީ ޑިސެމްބަރު މަހުގެ މެދުތެރެ ނުވަތަ ޖެނުއަރީ މަހުގެ ކުރީކޮޅު ފައިނޭންސިން އެޝުއަރެންސް ހޯދުމަށް ފަހުގައެވެ.

މީގެ އިތުރުން އަމިއްލަ ކްރެޑިޓަރުންގެ ފަރާތުން ލިބޭ ފައިނޭންސިން އެޝުއަރެންސްތަކުގެ މާނައަކީ ލަންކާއިން އެމީހުންނާއި ގުޅިގެން އެއްބަސްވުމަކަށް އައުމަށް 'ހެޔޮ ނިޔަތެއްގައި' މަސައްކަތްކޮށް، އަވަސް މަޝްވަރާތަކުގައި ބައިވެރިވެ، ކަމާބެހޭ މައުލޫމާތު ވަގުތުން ހިއްސާކުރާނެ ކަމެވެ.

ކްރެޑިޓަރ އެޝުއަރެންސް ހޯދުމުގެ އިތުރުން ޓެކްސް ބޮޑުކުރުމާއި، އާމްދަނީއަށް ބިނާކޮށް މާލީ ކޮންސޮލިޑޭޝަންގެ މަސައްކަތުގެ ތެރެއިން، އިންވެސްޓްމަންޓްތައް ހިފެހެއްޓުމަށް އިންޓަރެސްޓް ރޭޓް މަތިކުރުމާއި، މަނިޓަރީ ފައިނޭންސްކުރުން ނިންމުމާއި، ބޭރު ފައިސާގެ ރޭޓް ބޮޑުކުރުމަށް ހުއްދަ ދިނުން ފަދަ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތައް ވެސް ލަންކާއިން ރަނގަޅު ކުރަން ޖެހޭނެއެވެ.

ޓެގްސް: ސްރީލަންކާ އައިއެމްއެފް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.