އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އޭނާގެ އަންހެން ދަރިފުޅު އާ ހަވާސޮންގް-17 މިސައިލް ޓެސްޓްކުރުމުގައި ބައިވެރިވި ސައިންސްވެރިންނާއި އިންޖިނިއަރުންނާއި އަސްކަރީ އޮފިޝަލުންނާ އެކު ތ

ދުނިޔެ

ކިމް ޖޮންގް އުން : އުތުރު ކޮރެއާގެ އަމާޒަކީ ދުނިޔޭގެ އެންމެ ވަރުގަދަ ނިއުކްލިއާ ބާރެއްކަމަށްވުން

ރާނިއާ - އޭޝިއާ | 29 ނޮވެންބަރު 2022 , އަންގާރަ 09:47   284

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވީ އެގައުމުގެ އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ އެންމެ ބާރުގަދަ ނިއުކްލިއާ ބާރަށްވުންކަމަށެވެ. އެހެންކަމުން ކިމް ޖޮންގް އުން ވަނީ ދާދި ފަހުން އުތުރު ކޮރެއާގެ އެންމެ ބޮޑު ބޮލިސްޓިކް މިސައިލް ފޮނުވާލުމުގައި ބައިވެރިވި ދިހަވަރަކަށް އަސްކަރީ އޮފިސަރުން ޕްރޮމޯޓް ކުރައްވާފައި ކަމަށް ދައުލަތުގެ މީޑިއާތަކުން އާދީއްތަ ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ.

މިކަން އިއުލާން ކުރެއްވީ އެގައުމުގެ އާ ހަވާސޮންގް-17 އިންޓަކޮންޓިނެންޓަލް ބޮލިސްޓިކް މިސައިލް (އައިސީބީއެމް) ގެ ޓެސްޓެއް އިންސްޕެކްޓްކޮށް، އެމެރިކާގެ ނިއުކްލިއާ ނުރައްކާތަކާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ދިނުމަށް ނޮވެމްބަރު 18 ވަނަ ދުވަހު ވައުދުވެވަޑައިގެންނެވި ފަހުންނެވެ.

ނިއުކްލިއާ ބާރު ބިނާކުރުމަކީ ދައުލަތާއި ރައްޔިތުންގެ ކަރާމާތާއި އިސްތިގުލާލު އިތުބާރުހުރި ގޮތެއްގައި ހިމާޔަތްކުރުމަށް ކުރާ ކަމެއް ކަމަށާއި، "އޭގެ އެންމެ ފަހުގެ އަމާޒަކީ ދުނިޔޭގެ އެންމެ ބާރުގަދަ އަދި މި ގަރުނުގައި ކުރިން ނުފެންނަ ފަދަ ސްޓްރެޓެޖިކް ބާރަކަށް ވުން" ކަމަށް ކިމް ވިދާޅުވި އެވެ.

ހަވާސޮންގް-17 އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ސްޓްރެޓެޖިކް ހަތިޔާރު ކަމަށާއި އެއީ އުތުރު ކޮރެއާގެ އަޒުމާއި އެންމެ ފަހުން ދުނިޔޭގެ އެންމެ ވަރުގަދަ ލަޝްކަރު ބިނާކުރުމުގެ ގާބިލްކަން އުތުރު ކޮރެއާ އަތުގައި އޮތްކަން ދައްކުވައިދޭ އެއްޗެއް ކަމަށެވެ.

ޓެސްޓުގައި ބައިވެރިވި ސައިންސްވެރިންނާއި އިންޖިނިއަރުންނާއި އަސްކަރީ އޮފިޝަލުންނާއި އެހެން މީހުންނާ އެކު ފޮޓޯތަށް ނަންގަވަމުންކިމް ވިދާޅުވީ އާދަޔާ ހިލާފު ހަލުވި ސްޕީޑެއްގައި ގައުމުގެ ނިއުކްލިއާ 'ޑިޓަރެންޓް' ފުޅާކޮށް ހަރުދަނާ ކުރަމުން ގެންދާނެ ކަމަށެވެ.

ޓެގްސް: ނޯތް ކޮރެއާ ނިއުކްލިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.