ޕްލާސްޓިކް ކޮތަޅުތަކަކީ ރީސައިކަލް ކުރަން އުނދަގޫ އަދި ޚަރަދު ބޮޑު އެއްޗައް

ހަބަރު

ކޮންމެ ޕޮލާސްޓިކް ކޮތަޅަކަށް 2 ރުފިޔާ ނެގުމަށް ފާސްކޮށްފި

ރާނިއާ - ދިވެހި ރާއްޖެ | 29 ނޮވެންބަރު 2022 , އަންގާރަ 12:24   158

ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ލެވީގެ ގޮތުގައި 2 ރުފިޔާ ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުނި މެނޭޖްކުރުމުގެ ބިލްގެ ދަށުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މިބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދް ރަޝީދެވެ. މިގޮތުން މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީ އިން އެކުލަވާފައިވާ މި ރިޕޯޓް ފާސްކޮށްފައިވަނީ 52 މެންބަރުންގެ ވޯޓާއި އެކުގަވެސްމެއެވެ.

އަދި ކަސްޓަމަރު އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި 2 ރުފިޔާ ކަސްޓަމަރު އަތަށް ދެވޭ އިންވޮއިސްގައި ހިމަނަން ޖެހޭ ކަމަށްވެސް ބިލުގައި ވެއެވެ.

ނަމަވެސް، ބައެއް ހާލަތްތަކުގައި ޕްލާސްޓިކް ކޮތަޅުން ނަގަމުންދާ ލެވީ އިސްތިސްނާވެއެވެ. މީގެ ތެރޭގައި ޑިއުޓީ ފްރި ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި، މަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އަޅާ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ހަނޑޫ، ހަކަރު އަދި ފުށް ފަދަ ކާދުގެ ބާވަތްތައް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި، ފަންސާސް ނުވަތަ އެއަށްވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިތަކާއި އަދި ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ 'ބިން ލައިނާ' މީގެ ތެރޭގައި ހިމެނެއެވެ.

މިއާއެކު، މީރާގާއި ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް މިގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ މީރާ އަށް ދެއްކުންވެސް ވަނީ މި ބިލުގައި ލާޒިމްކޮށްފައެވެ. އަދި މިޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅު ދީފި ނަމަ 5000-50،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމައިނާ ކުރެވިގެން ދާނެއެވެ. އަދި ކޮތަޅު ވިއްކާއިގެން ނަގާ ފާއިސާގެ އަދަދުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، މިގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއިން ގަވާއިދެއް އެކުލަވާލަން ޖެހޭނެ ކަމަށްވެސް މި ބިލުގައި ވެއެވެ.

މި ބިލަކީ ރައީސުލްޖުމްހޫރިއްޔާގެ އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ބޭނުން ނުކުރާ ގައުމަކަށް ދިވެހިރާއްޖެ 2023 އާއި ހަމަޔަށް ހެދުމުގެ މަސައްކަތުގެ ތެރެއިން ފާސްކުރެވިގެން ދިޔަ ބިލެކެވެ.

ޓެގްސް: ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.