ގޫގުލް އާއި މައިކްރޮސޮފްޓުން ވަނީ އެމީހުންގެ ޑޭޓާ ސެންޓަރުތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އެމީހުންގެ އޮޕަރޭޝަންތަކުގެ ކާބަން ފުޓްޕްރިންޓް ދަށްކުރުމުގެ ގޮތުން އާ އެއްބަސްވުންތަކެއް އިއުލާންކޮށްފައެވެ.
'ދަ ރެޖިސްޓާ' އިން ބުނާ ގޮތުގައި ގޫގުލް އިން ވަނީ އިނގިރޭސިވިލާތުގެ އޮޕަރޭޝަންތަކަށް ކަރަންޓް ދިނުމަށް ސްކޮޓްލޭންޑްގެ މޮރޭ ވެސްޓް އޮފްޝޯ ވިންޑް ފާމުން އުފައްދާ 100 މެގަވޮޓްގެ ކަރަންޓަށް ފްރާންސްގެ ޔުޓިލިޓީ ކުންފުންޏެއް ކަމަށްވާ އެންޖީއާއި އެކު ކަރަންޓް ގަތުމުގެ އެއްބަސްވުމެއްގައި (ޕީޕީއޭ) ސޮއިކޮށްފަ އެވެ.
މީގެ އިތުރުން މައިކްރޮސޮފްޓް ވަނީ އެކުންފުނީގެ ޑޭޓާ ސެންޓަރުތަކަށް އަޔާލޭންޑްގެ 900 އަށްވުރެ ގިނަ އިޔާދަކުރަނިވި ހަކަތައިގެ ޕީޕީއޭތަކެއް އިއުލާންކޮށްފައެވެ.
ގޫގުލް އިން ބުނީ އާ އެއްބަސްވުންތަކުގެ ސަބަބުން 2030 ވަނަ އަހަރުގެ ނިޔަލަށް އިނގިރޭސިވިލާތުގެ އޮފީސްތަކާއި ކްލައުޑް ރީޖަންތައް މުޅިން ކާބަން ފްރީ ހަކަތަ އުފައްދާ ވަސީލަތްތަކުން ހިންގުމުގެ އަމާޒާ ކައިރި ކަމަށެވެ.
ހަމައެހެންމެ އެންޖީއާއި އެކު ސޮއިކޮށްފައިވާ ޕީޕީއޭ އާއި އެކު 2025 ވަނަ އަހަރުގެ ނިޔަލަށް ކާބަން ފްރީ ނުވަތަ އެއާއި ގާތް ކުރާ އަދަދަކަށް ކާބަން ފުޓްޕްރިންޓް ކުޑަ ވާނެކަމަށް ގޫގުލް އިން އުންމީދުކުރެއެވެ.