ޗައިނާގައި ކުރިއަށް ދާ ކޮވިޑް-19 ލޮކްޑައުން އާއި ގުޅިގެން އަިފޯން 14 ޕްރޯގެ ޕްރޮޑަކްޝަން މަޑުޖެހިފައި

ވިޔަފާރި

ޗައިނާގައި ހިނގަމުންދާ މުޒާހަރާތަކާއިއެކު އެޕަލްއަށް 6 މިލިއަން އައިފޯން ޕްރޯތައް މަދުވެފައި

ރާނިއާ - ދުނިޔެ | 29 ނޮވެންބަރު 2022 , އަންގާރަ 16:56   171

ޗައިނާގެ ޖަންގްޖޫ ޕްރޮވިންސްގައި ހުންނަ ފޮކްސްކޮން ކުންފުނީގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވުމުގެ ސަބަބުން އެޕަލް އައިފޯން ޕްރޯގެ މޮޑަލްތަކުގެ އުފެއްދުން ވަނީ މަޑުޖެހިފައެވެ. ފޮކްސްކޮން އަކީ އައިފޯން އެސަމްބަލްގެ މަސައްކަތް ކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ބޮޑު ކުންފުންޏެކެވެ.

މިއަހަރު އެމެރިކާގައި އެޕަލްގެ އެންމެ ޕްރީމިއަމް ޑިވައިސްތައް ގަންނަ ކަސްޓަމަރުންނަށް މިހާރު 37 ދުވަސް ވަންދެން ފޯނުގެ އިންތިޒާރުގައި މަޑުކުރަން ޖެހޭނެ ކަމަށް ކޮންމެ އަހަރަކު ޑެލިވަރީ ކުރާ ވަގުތުތައް މޮނިޓަރ ކުރާ ކައުންޓަރޕޮއިންޓް ރިސާޗުން ބުނެއެވެ. މިއީ މިދިޔަ އަހަރު ނެރުނު އައިފޯން 13 ޕްރޯ ލައިނަޕް އަދި މިހާރުގެ 14 ލައިންއަޕްގެ ފުރަތަމަ ލޯންޗް އަށް ވުރެ ވެސް ދިގު މުއްދަތެކެވެ.

ފޮކްސްކޮން ޓެކްނޮލޮޖީ ގްރޫޕުން ހިންގާ ޖަންގްޖޫ ފެސިލިޓީގައި ދުނިޔޭގެ އައިފޯން ޕްރޯ ސަޕްލައިގެ ބޮޑު ބައެއް ހިމެނޭއިރު، ޗުއްޓީ ދުވަސްވަރު ވެސް 200،000 އަށް ވުރެ ގިނަ މަސައްކަތްތެރިން ކުންފުނީގައި މަސައްކަތް ކުރަމުން ދެއެވެ.

އޮކްޓޯބަރު މަހު ކޮވިޑް-19 ފެތުރިގެންދިޔަ ފަހުން އެކުންފުންޏަށް ވަނީ ގިނަ ބުރޫތަކާއި ކުރިމަތިލާން ޖެހިފައެވެ. ، އޭގެ ތެރޭގައި ސަރުކާރުން ކުއްލިއަކަށް ލޮކްޑައުން ކުރުމާއި، ދިރިއުޅުމުގެ ހާލަތާއި ދެކޮޅަށް މަސައްކަތްތެރިން ކޮށްފައިވާ އަނިޔާވެރި މުޒާހަރާތައް ވެސް ހިމެނެއެވެ.

މި ބުރޫތަކުގެ ސަބަބުން އެޕަލްއަށް މިއަހަރު 6 މިލިއަން އައިފޯން ޕްރޯ ޔުނިޓްގެ ދަތިކަން ކުރިމަތިވާނެ ކަމަށް ބްލޫމްބާގް ނިއުސް އިން ރިޕޯޓްކޮށްފައިވާއިރު، މިއަހަރު ޑެލިވަރީ ކުރާ ވަގުތު ވެސް ދިގުވާނެ ކަމަށް ލަފާކުރާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިއަހަރުގެ އައިފޯން ޕްރޯ މަޑެލްތަކަކީ އެޕަލްގެ އައިފޯން 14 ސީރީޒްގެ ޑިމާންޑް ދަށްވެފައި ވުމުގެ ސަބަބުން އެޕަލް އިން އުންމީދު ކުރީ ޕްރޯ މޮޑަލްތަކުގެ ޕްރޮޑަކްޝަން އިތުރުކޮށް އެބައި ފޫބެއްދުމަށެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.