ގްރޭޓް ބެރިއާ ރީފް އަކީ ދުނިޔޭގެ އެންމެ ބޮޑު ފަރު

ދުނިޔެ

އ.ދ. އިން އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފް 'ނުރައްކަލުގެ ލިސްޓް' ގައި ހިމަނާފާއިވުމުން ސަރުކާރާއި ރައްޔިތުން ދެކޮޅުހަދައިފި

ރާނިއާ - އޮސްޓުރޭލިއާ | 3 ޑިސެންބަރު 2022 , ހޮނިހިރު 09:49   189

އ.ދ. އިން އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފް ދުނިޔޭގެ ތަރިކަ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ 'ނުރައްކާގެ ލިސްޓް' އަކަށް އެރުވުމުން އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އަންގާރަ ދުވަހު އެކަމާއި ދެކޮޅު ހަދާފައެވެ. އަދި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު ފަރަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުން ކަމަށް އ.ދ. އިން ވަނީ އިންޒާރު ދީފައެވެ.

މި ލަފާ ދީފައިވަނީ ޔުނެސްކޯ އާއި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ އޮފިޝަލުން މާޗް މަހު ފަރުތަކަށް 10 ދުވަހުގެ މޮނިޓަރިން ދަތުރެއް ކުރުމަށް ފަހު ހޯމަ ދުވަހު އާންމުކުރި މިޝަން ރިޕޯޓެއްގަ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އޮސްޓްރޭލިއާ ސަރުކާރުން ފަރު ހިމާޔަތް ކުރުމަށް ރާވާފައިވާ ޕްލޭންތަކުގައި "މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ސާފު އަމާޒުތަކާއި ތަންފީޒު ކުރުމަށް އަޅާ ފިޔަވަޅުތައް ނެތް" ކަމަށެވެ. އަދި 1.5 ޑިގްރީގެ ހޫނުމިން ހުއްޓުވުމާއި މިގތިގެ މަތިން ގޭސް ބޭރުކުރުން މަދުކުރުމުގެ ހަރުދަނާ ސިޔާސަތުތައް ފާސްކުރުން ހިމެނޭ ގޮތަށް މުހިންމު 10 ލަފާއެއްވެސް ވަނީ ދެއްވާފައެވެ.

ގްރޭޓް ބެރިއާ ރީފް ދުނިޔޭގެ ތަރިކަ ސަރަހައްދެއްގެ ގޮތުގައި 1981 ވަނަ އަހަރު ލިސްޓް ކުރި ފަހުން ކޭންބަރާ އިން ވަނީ "ނުރައްކަލުގެ ލިސްޓަށް" އެރުވުމަށް ކުރި ގިނަ މަސައްކަތްތަކާއި ދެކޮޅު ހަދާފައެވެ. މިއީ 64،000 ވަޒީފާއަށް އެހީތެރިވެދީ، ގައުމުގެ އިގްތިސާދަށް 6.4 ބިލިއަން އޯސްޓްރޭލިއަން ޑޮލަރު (4.3 ބިލިއަން ޑޮލަރު) ލިބޭ ކަމަށް ބުނާ ފަރުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަސަރެއް ކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ.

'ނުރައްކަލުގެ ލިސްޓު' ގައި ފަރު ހިމެނުމަށާއި ރިޕޯޓުގައ ދީފައިވާ ލަފާތަކާއި އެކު 2023 ވަނަ އަހަރު ޔުނެސްކޯގެ ދެން އޮންނަ ބައްދަލުވުމުގެ އަދި ދުނިޔޭގެ ތަރިކަ ކޮމިޓީއަށް ރަސްމީ ލަފާއެއް ދިނުމުގެ ކުރިން، އޮސްޓްރޭލިއާ ސަރުކާރާއި ކުއީންސްލޭންޑް ސްޓޭޓް ސަރުކާރުގެ ޖަވާބުތަކާއި އެކު ރިއާޔަތް ކުރާނެ ކަމަށް ބެލެވެއެވެ.

ޓެގްސް: އޮސްޓްރޭލިއާ ތިމާވެށި އ.ދ.
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.