ހުވަދޫ އަތޮޅުގެ ރިސޯޓެއްކަމަށްވާ އަޔާޑާ ރިސޯޓު

ހަބަރު

ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކައި އައި ބިންހެލުމުން ނުރައްކަލެއް ނެތް : މެޓް އޮފީސް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 30 ނޮވެންބަރު 2022 , ބުދަ 07:13   141

ހުވަދު އަތޮޅާއި ރާއްޖޭގެ އެހެން ހިސާބުގެ ބައެއް ރަށްތަކަށް އަންގާރަދުވަހުގެ ރޭ އައި ބިންހެލުމުގެ އަސަރުކޮށްފައި ވީނަމަވެސް، ގެއްލުންތަކެއް ލިބިފައި ނުވާކަމަށް، މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ އެފަދަ ރިޕޯޓްތަކެއް އެއިދާރާއަށް ވެސް ލިބިފައިވާކަމަށެވެ. ނަމަވެސް މިގެ ސަބަބުން ނުރައްކަލެއް އޮތްކަމަށް ލަފާނުކުރެވޭކަމަށް ވެސް މެޓު އޮފީހުން ބުނެފައިވެއެވެ.

މިއީ މިފަދަ ބިން ހެލުމެއްގެ އަސަރު ރާއްޖެއަށް މިއަހަރުތެރޭގައި ކުރި ދެވަނަ ފަހަރެވެ. އޮގަސްޓު މަހު ރާއްޖެ އައި މިފަދަ ބިންހެލުމާއި އެކު ބައެއް ޢިމާރާތްތަކުން މީހުން ވެސް ހުސްކޮށްފައިވެއެވެ.

ޓެގްސް: ބިންހެލުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.