ލަކޭނެމެބަކީ އަލްޒައިމާ ބައްޔަށް ފަރުވާ ދިނުމަށް މިހާރު ކްލިނިކަލް ޓްރައިލްތައް ކުރިއަށް ގެންދާ ތަޖުރިބާ ބޭހެއް

ދުނިޔެ

އެލްޒައިމާސް ޑިޒީސް، އަސަރުތައް މަޑުޖައްސާލަދޭ އާބޭހެއް ތަޢާރަފްކޮށްފި

ރާނިއާ - ޔޫރަޕް | 3 ޑިސެންބަރު 2022 , ހޮނިހިރު 10:58   253

އަލްޒައިމާސް ބަލީގެ އަސަރުތައް މަޑުޖައްސާލަދޭ ފުރަތަމަ ބޭސް، ލަކޭނަމެބް އަކީ މުހިންމު އަދި ތާރީހީ ބޭހެއްކަން ޔަގީނެވެ.

މިދިރާސާ އިން ލިބިފައިވާ ކުރިއެރުމުގެ ސަބަބުން ދިގު ޒަމާންތަކެއް ވަންދެން ކުރިމަތިވެފައިވާ ނާކާމިޔާބީ ނިމުމަކަށް އަންނާނެކަން ޔަގީނެވެ. އަލްޒައިމާ - ޑިމެންޝިއާގެ އެންމެ އާންމު ވައްތަރު - އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސްތަކުގެ އާ ޒަމާނަކާއި ކުރިމަތިވުން ވެސް އެކަށީގެންވެއެވެ.

ނަމަވެސް ލަކޭނަމެބް އިން ކުރާ އަސަރަކީ ކިހާ ބޮޑު އަސަރެއްތޯއާއި މިއީ މީހުންގެ ދިރިއުޅުމަށް ކިހާ ވަރު ބޮޑު ބަދަލެއް ގެންނާނެ ބޭހެއް ކަމަށް އަދި ޔަގީންވެފައެއް ނުވެއެވެ.

އަދި މި ބޭސް މަސައްކަތް ކުރަނީ ބަލީގެ ކުރީކޮޅު ކަމުން ގިނަ މީހުންނަށް މި ބޭސް ފާހަގަކުރުމުގައި އިންގިލާބެއް އައުމެއް ނެތި ގެއްލިގެންދާނެ އެވެ.

ލަކޭނަމެބް ހަމަލާދެނީ އަލްޒައިމާ ބަލި ހުންނަ މީހުންގެ ސިކުނޑީގައި ޖަމާވާ ބީޓާ އެމައިލޮއިޑް އަށެވެ.

ލަކޭނަމެބަކީ- ވައިރަސް ނުވަތަ ބެކްޓީރިއާތަކަށް ހަމަލާދޭން ހަށިގަނޑުން އުފައްދާ އެންޓިބޮޑީއެއް- ސިކުނޑިން އެމައިލޮއިޑް ސާފުކުރުމަށް ދިފާއީ ނިޒާމަށް އަންގާ ގޮތަށް އިންޖިނިއަރ ކޮށްފައިވާ އެންޓިބޮޑީއެކެވެ.

އެމައިލޮއިޑް އަކީ ސިކުނޑީގެ ނިއުރޯންތަކުގެ މެދުގައިވާ ޖާގަތަކުގައި އެއްކޮށް ޖަމާވެ، އަލްޒައިމާގެ އެއް ސިފަ ކަމަށްވާ ވަކިވަކި 'ޕްލޭގްތައް' އުފައްދާ ޕްރޮޓީނެކެވެ.

މިވަގުތު އަލްޒައިމާ ބަލި ހުންނަ މީހުންނަށް އެމީހުންގެ އަލާމާތްތައް މެނޭޖްކުރުމަށް އެހީތެރިވުމަށް އެހެން ބޭސްތައް ދީފައިވި ނަމަވެސް އެއްވެސް ބޭހަކުން ބަލީގެ ދަތުރަކަށް ބަދަލެއް ނާދެއެވެ.

ޓެގްސް: ބަލިމަޑުކަން ސިކުނޑީގެ ދުޅަހެޔޮކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.