ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ ރާއްޖެއަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނާއި ދިވެހި ސަރުކާރުން ޙަވާލުވަނI

ހަބަރު

އެސްބީއައި އިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

ރާނިއާ - ދިވެހި ރާއްޖެ | 30 ނޮވެންބަރު 2022 , ބުދަ 12:32   203

ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމުގެ ގޮތުން އިންޑިއާއިން ވަނީ ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއް މާލީ އެހީގެ ގޮތުގައި ދީފިއެވެ.

މި ލޯނު ދިނުމުގެ ރަސްމިއްޔާތު ވަނީ އަންގާރަ ދުވަހު ފޮރިން މިނިސްޓްރީގައި ބާއްވާފައެވެެ. އަދި 'ސިމްބޮލިކް' ޗެކާއި ހަވާލުވެ ވަޑައިގެންފައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. މި ރަސްމިއަޔާތުގައި ފޮރިން މިނިސްޓަރުގެ އިތުރުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އިތުރުން އިންޑިއާގެ ސަފީރު މުނު މަހާވަރު އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯ ޑޯރާބާބޫ ޑަޕަރްތީ ބައިވެރިވެ ވަޑައިގަތެވެ. އަދި އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، ޑރ. އެސް. ޖައިޝަންކަރް މިރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގަވެ.

މި ލޯނުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމުގެ އިތުރުން ރާއްޖޭގެ އިގްތިސާދު އަވަހަށް ކުރިއަރައިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށް ޑރ. ޖައިޝަންކަރް ވާހަކަ ދައްކަވަމުން ބުނުއްވިއެވެ.

ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެން ދީފައިވާ މިލޯން ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލެ ބްރާންޗުންނެވެ. އަދި މިއީ ރާއީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދް ސޯލިޙް އޮގަސްޓް މަހު އިންޑިއާއަށް ކުރުއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ ކަމަށްވެސް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އިންޑިއާ އަކީ ރާއްޖެއަށް ބޭނުންޖެހޭ ވަގުތުތަކުގައި އެންމެ ފުރަތަމަ އިޖާބުދީ އެހީތެރިކަން ފޯރުކޮށްދޭ ގައުމު ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައިވާ 100 މިލިއަން ޑޮލަރުގެ މާލީއެހީ އަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް މިއަދުގެ ސަރުކާރުން ކުރަމުންގެންދާ އަގުހުރި މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއްކަމަށްވެސް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

މާލީ އެހީގެ ގޮތުގައި ދީފައިވާ މި ލޯނަކީ އެއްވެސް ޝަރުތަކާއި ނުލާއި ސަރުކާރަށް ފެންނަ ގޮތުގައި އިސްކަންދީގެން ޤައުމަށް މިވަގުތު ދިމާވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަތުމަށް ޙަރަދުކުރުމަށް ދީފައިވާ ލޯނެކެވެ. މި ފައިސާގެ އެހީއަށް އިންޑިއާއިން އެސްބީއައި އަށް ސޮވެރެއިން ގެރެންޓީ ފޯރުކޮށްދީފައިވާ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ޓެގްސް: އެސްބީއައި ދިވެހިރާއްޖޭގައި ތިބި ބޭންކުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.