ޓޯނިވަލް އިފްތިތާހު ކުރުމުގެ ތެރެއިން، ފޮޓޯ : ސަން އެމްވީ

މުނިފޫހިފިލުވުން

25 އަށްވުރެ ގިނަ އިންޑިއާގެ ފަންނާނުން ބައިވެރިވާ ހަރަކާތެއް ޖެނުއަރީ މަހު ފަހުކޮޅު

ރާނިއާ - ދިވެހި ރާއްޖެ | 30 ނޮވެންބަރު 2022 , ބުދަ 12:27   292

ރާއްޖޭގައި ޓޯނިވަލް ހަރަކާތެއް ބާއްވަން ނިންމައި އެ ހަރާކާތް އިފްތިތާހުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ޓޯނިވަލް އިންތިޒާމުކުރާ އިންޑިއާގެ ކުންފުނި އެނިޔެލްފް އެންޓަޓެއިންމެންޓްސް އާއި ރާއްޖޭގެ ފިލްމް އެސޯސިއޭޝަނުގެ އިސްބޭފުޅުން ވަނީ މި ހަރަކާތް އިފްތިތާހުކޮށް ދީފައެވެ.

ޓޯނިވަލް އަކީ ސެލިބްރިޓީ އިވެންޓެއް ކަމަށާއި، އެގޮތުން ދެގައުމުގެ މަޝްހޫރު ފަރާތްތަކާއެކު މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ފުޓްބޯޅަ މެޗަކާއި، އަދި އެނޫންވެސް ގިނަ ހަރަކާތްތަކެއް ހިމެނޭނެ ކަމަށް ޓޯނިވަލްގެ އެއް ބާނީ މުޙައްމަދް ޒާކިރް ހުޞައިން ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ ޒާކިރް ހުޞައިން ވަނީ އިންޑިއާއައި ރާއްޖޭގެ ގާތް ގުޅުންވެސް އޭނާގެ ވާހަކާއިގައި ފާހަގަކޮށްފައެވެ.

މިހަފްލާގާއި ދެ ގައުމުގެ ފިލްމީ ތަރިންގެ އިތުރަށް، ޒާކިރު ވިދާޅުވީ ތައުލީމީ މުނިފޫހިފިލުވުން، އަދި ސިއްހީ ދާއިރާ ހިމެނޭ ގޮތަށް އެކި ދާއިރާތަކުން އިންޑިޔާގާއި މަޝްހޫރު ބޭފުޅުން ބައިވެރިވާނެ ކަމަށެވެ.

ޓޯނިވަލްގެ އިތުރު ބާނީއެއް ކަމުގައިވާ ޕޫޖާ ޝްރީ ވިދާޅުވީ ޓޯނިވަލް ލޯންޗުކުރުމުގައި އިންޑިއާގެ 25 އަށް ވުރެ ގިނަ ފަންނާނުން ޕާފޯމް ކުރާނެ ކަމަށެވެ. އަދި ދިވެހި ބައެއް ފަންނާނުން ވެސް ޓޯނިވަލް ހުޅުވުމުގެ ރަސްމިއްޔާތުގާއި ބައިވެރިވާނެ ކަމަށް ޕޫޖާ ފާހަގަކުރިއެވެ.

މިފުރުސަތު ލިބުނު ކަމާއިމެދު ޝުކުރު ކުރާ ކަމަށާއި، މިއީ ރާއްޖޭގެ ފިލްމީ އިންޑަސްޓްރީ ބައިނަލްއަގްވާމީ ފެންވަރަށް މަތިކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ރާއްޖޭގެ ފިލްމް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަނިކު ވިދާޅުވިއެވެ.

މިހަފްލާ ރައްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 27-29 އަށެވެ.

ޓެގްސް: Film Industry ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.