އާންމުން ދިރިއުޅެމުން ގެންދަވާ ތަންތަނުގައި ގަރާޖްތައް ހިނގުމަކީ ނުރައްކަލަކަށް ވުމުން ހުޅުމާލެއިން ބިން ދޫކުރުމަށް ނިންމައިފި

ހަބަރު

މާލޭގައި ހުރި ގަރާޖްތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ހުޅުމާލެއިން ބިން ދެނީ

ރާނިއާ - ކ. މާލެ | 30 ނޮވެންބަރު 2022 , ބުދަ 17:51   162

މާލޭގާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ހިންގަމުންދާ ގަރާޖްތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ ގޮތުން ހުޅުމާލެއިން ބިން ދޫކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޗަން (އެޗްޑީސީ) އިން ވަނީ ނިންމާފައެވެ.

މާލޭގައި ހިންގަމުންދާ 1،000 އަކަފޫޓަށްވުރެ ކުޑަ ގަރާޖްތަށް 1،000 އަކަފޫޓުގެ ބިމާއި އެއަށް ވުރެ ބޮޑު ގަރާޖްތަކަށް 1،300 އަކަފޫޓުގެ ބިން ދޫކުރުމަށް އެޗްޑިސީ އިން ވަނީ ހަމަޖައްސާފައެވެ. އަދި މިގޮތަށް ދޫކުރާ ބިންތަކުގައި ގަރާޖުތައް ދެ ފަންގިފިލާއަށް ނެގޭނެ ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

މާލޭގައި މިހާރު ހިންގަމުންދާ ގިނަ ގަރާޖްތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ހިންގަމުންދާ ތަންތަނެވެ. އަދި ގަރާޖްތަކުގައި ވެލްޑިން އަދި ޓިންކަރިން ކުރުމުގެ ސަބަބުނެ ބޭރުވާ ނުރައްކާތެރި ކެމިކަލްތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ދިމާވުމަށް މަގުފަހިވެ ދެއެވެ. އަދި ހުޅުމާލެ އިން ބިން ދޫކުރުމަކީ މިކަހަލަ ހާދިސާތައް މަދު ކުރުމުގެ ގޮތުން ސަރުކާރާއި ގުޅިގެން އެޗްޑީސީ އިން ނިންމި ނިންމުމެކެވެ.

ދާދި ފަހުންވެސް މ. ނިރުފެހި ގޭގާއި ގަރާޖެއް ހިނގަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހަކު ވަނީ މަރުވެފައެވެ. މިއީ މީގެ ފަހުގެ ތާރީހެއްގައި ވެސް ރާއްޖެގައި ހިންގާފައިވާ އެންމެ ނުރައްކާތެރި އަދި ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ.

މާލޭގައި އެއްވެސް މާއްދާއެއްގެ ނުރައްކާތެރި އެއްޗެއް ގުދަން ކުރުމަކީ މީގެ ކުރިންވެސް މަނާ ކޮށްފައިވާ ކަމެކެވެ. އަދި އެއްވެސް އިންޑަސްޓްރިއަލް މަސައްކަތެއް ކުރުންވެސް ވަނީ މަނާކޮށްފައެވެ.

ޓެގްސް: އެޗްޑީސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.