2،000 އަށް ވުރެ ގިނަ ފަސިންޖަރުންނާއެކު ސުޕާ ލަގްޒަރީ ކްރޫޒް ޝިޕް އަންގާރަ ދުވަހު ކޮލަމްބޯ ބަނދަރަށް އައިސްފައިވާ ކަމަށް ސްރީލަންކާ ޕޯޓްސް އޮތޯރިޓީ (އެސްއެލްޕީއޭ) އިން ވަނީ ބުނެފައެވެ.
ޖަރުމަނުގެ އޮޕަރޭޓަރެއްގެ "މޭން ޝިފް 5" ލަންކާގެ ވެރިރަށަށް އަންގާރަ ދުވަހުގެ ފަތިހުގައި ބަނދަރުކޮށްފައި ވަނީ ރަސްމިއްޔާތުތަކާއި ސަގާފީ ޝޯވތައް މުޅި ދުވަހު ބާއްވަން ރާވާފައި ވުމާއެކުއެވެ.
އެސްއެލްޕީއޭގެ އޮފިޝަލުން ބުނީ ކޮލަމްބޯ ބަނދަރުގައި ބޯޓަށް މަރުހަބާ ކިޔާފައިވާ ކަމަށާއި، ކޮލަމްބޯ ދެކުނާއި މެދުތެރޭގެ އުސްބިންތައް ފަދަ ގިނަ ތަންތަނަށް އެކްސްކާޝަންތަކުގައި ދިއުމަށް ދަތުރުވެރިންނަށް ފުރުސަތު ހުޅުވާލެވިގެން ދާނެ ކަމަށެވެ.
ކްރޫޒް ލައިނާ އައުމުން ދެކުނު އޭޝިއާގެ ގައުމުގެ ފަތުރުވެރިކަމަށް ކުރިއެރުމެއް ލިބުނު ކަމަށް ލަންކާގެ ޓުއަރިޒަމް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ބައިނަލްއަގްވާމީ ނުވަ ޕެސެންޖަރު ކްރޫޒް ޝިޕްތައް ލަންކާއަށް އަންނާނެ ކަމަށް ބެލެވޭ އިރު، އެކަމުގެ ސަބަބުން ގައުމުގެ ފަތުރުވެރިކަން އާލާވެ، ބޭރު ފައިސާ ލިބިގެންދާ ވަސީލަތަކަށް މިކަން ވާނެ ކަމަށް މިނިސްޓަރަކު މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައެވެ.