5 ދުވަހުގެ ލޮކްޑައުންއަކަށް ފަހު ޖަންގްޖޫ ޕްރޮވިންސްގެ ލޮކްޑައުން އުފުލައިފި

ދުނިޔެ

ޗައިނާ، އައިފޯން އެންމެ ބޮޑު ފެކްޓްރީ ހުންނަ ޖަންގްޖޫގައި ލޮކްޑައުން އުވާލައިފި

ރާނިއާ - އޭޝިއާ | 3 ޑިސެންބަރު 2022 , ހޮނިހިރު 09:52   294

ދުނިޔޭގެ އެންމެ ބޮޑު އައިފޯން ފެކްޓްރީ ހުންނަ ޗައިނާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޖަންގްޖޫގައި ކޮށްފައިވާ ފަސް ދުވަހުގެ މުއްދަތުގެ ކޯވިޑް ލޮކްޑައުން ވަނީ މިހާރު އުފުލާފައެވެ. އަދި މިއީ އެޕަލް އާއި އެ ކުންފުނީގެ މައިގަނޑު ސަޕްލަޔާ ކުންފުނި ފޮކްސްކޮން އަށް ވަރަށް ބޭނުންވެފައިވާ ލުޔެއް ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޖަންގްޖޫ އަކީ ޓައިވާނުގެ ކޮންޓްރެކްޓް މެނުފެކްޗަރާ ފޮކްސްކޮންގެ ބޮޑު އުފެއްދުންތެރި ކެމްޕަހެއް ކަމަށްވާ “އައިފޯން ސިޓީ” ގެ ސައިޓެވެ. ފޮކްސްކޮން އަކީ އާންމު ގޮތެއްފައި 200.000 މުވައަޒަފުންނާއި އެކު އެޕަލްގެ ޕްރިމިއަމް ފޯންތައް އުފައްދާ މައިގަނޑު ސައިޓެވެ.

މިދިޔަ ހުކުރު ދުވަހު ޖަންގްޖޫގެ އާބަން ޑިސްޓްރިކްޓްތައް ފަސް ދުވަހަށް ލޮކްޑައުން ކޮށްފައި ވަނީ އެތަނުން ކޯވިޑް-19ގެ ކޭސްތައް އިތުރުވެފައި ވާތީއެވެ. ފޮކްސްކޮންގެ ބޮޑު ފެސިލިޓީއަކީ އެ ސިޓީގެ އާބަން ޑިސްޓްރިކްޓްތަކުގެ ބައެއް ނޫނެވެ. ނަމަވެސް ލޮކްޑައުންގެ ސަބަބުން މިދިޔަ ހަފްތާގައި މަސައްކަތްތެރިންގެ އަނިޔާވެރި ބަޣާވާތެއް ހިނގި ކެމްޕަހުގައި ގެއްލިފައިވާ އުފެއްދުންތައް އަލުން ގާއިމް ކުރުމަށް ކުރާ މަސައްކަތްތަށް ބުރޫއަރާނެ ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ފޮކްސްކޮންގެ ޖަންގްޖޫ ކެމްޕަހުގައި ހިނގަމުންދާ ސަޕްލައި ޑިސްރަޕްޝަންގެ ސަބަބުން އެޕަލްއަށް ހަފްތާއަކު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ އައިފޯން ވިއްކުން ގެއްލިގެން ދިޔަކަމަށް ވެޑްބުޝް ސެކިއުރިޓީޒްގެ އިކުއިޓީ ރިސާޗް މެނޭޖިން ޑިރެކްޓަރު ޑޭނިއަލް އައިވްސް ލަފާކުރެއެވެ.

މި އުނދަގޫތައް ފެށިގެން ދިޔައީ މިދިޔަ އޮކްޓޮބަރު މަހުގެ މެދުތެރޭގައި ކޮވިޑް ފެތުރުމުގެ ސަބަބުން ފޮކްސްކޮންގެ މުވައްޒަފުން ކެމްޕަހުން ނިކުމެގެން ދިއުމުންނެވެ. މުވައްޒަފުން މަދުވުމުން މަސައްކަތްތެރިންނަށް އެނބުރި އައުމަށް ބޯނަސްތައްވެސް ވަނީ ހުށަހަޅާފައެވެ.

ޓެގްސް: ޗައިނާ އެޕަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.