ޕެލޭ އަކީ ބްރެޒިލްގެ 92 މެޗުން 77 ގޯލް ޖަހައިގެން އެންމެ ގިނަ ގޯލު ޖެހާފައިވާ ކުޅުންތެރިޔާ

ކުޅިވަރު

ފުޓުބޯޅަ ލެޖެންޑް ޕޭލޭ ހޮސްޕިޓަލުގައި، ދަރިފުޅު ބުނަނީ ޙާލު އެހާ ގޯސް ނޫންކަމަށް

ރާނިއާ - އައްޑޫ އަތޮޅު | 2 ޑިސެންބަރު 2022 , ހުކުރު 16:57   142

ބުދަ ދުވަހުގެ ދަންވަރު ގަޑިއެއްގައި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕޭލޭ، ސައޯ ޕޯލޯ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބްރެޒިލްގެ އީއެސްޕީއެން އިން ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް ޕެލޭގެ ދަރިފުޅު ކެލީ ނަސިމިއެންތޯ ވަނީ އޭނާގެ އިންސްޓަގްރާމް ޕޯސްޓެއްގައި 'އާ ސީރިއަސް ކަމެއް' ވެފައި ނުވާ ކަމަށް ޔަގީންކޮށްފައެވެ.

ޕޭލޭ ވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އޭނާގެ ބޮޑު ގޮހޮރުގައި އުފެދިފައިވާ ޓިއުމަރެއް ނަގާފައެވެ. އަދީ އޭގެ ފަހުން އޭނާ އަންނަނީ ގަވާއިދުން ހޮސްޕިޓަލުން ފަރުވާ ހޯދަމުންނެވެ.

"ބައްޕަގެ ސިއްހަތާއި ބެހޭ ގޮތުން މިއަދު މީޑިއާގައި ގިނަ އެލާމްތަކެއްވޭ. ބައްޕަ ހޮސްޕިޓަލަށް ގޮސްފައިވަނީ ބޭސް ރެގިއުލޭޓް ކުރުމަށެވެ. އެމާޖެންސީއެއް ނުވަތަ އާ ސީރިއަސް ކަމެއް ވެފައި ނުވޭ. އަހަރެން އާ އަހަރަށް ބައްޕަ ގާތަށް ދާނަން އަދި ގޮސްފައިވާ ފޮޓޯ ޕޯސްޓް ކުރުމަށް ވައުދުވަން"، ނަސިމިއެންތޯ ވަނީ އޭނާގެ ޕޯސްޓުގައި ބުނެފައެވެ.

ޕޭލޭ އަކީ ބްރެޒިލްގެ 92 މެޗުން 77 ގޯލް ޖަހައިގެން އެންމެ ގިނަ ގޯލު ޖެހާފައިވާ ބްރެޒިލްގެ ކުޅުންތެރިޔާއެވެ. ކުރީގެ ފޯވާޑަކީ ވޯލްޑް ކަޕްގެ ހަތަރު މުބާރާތެއްގައި ލަނޑު ޖަހާފައިވާ އެންމެ ހަތަރު ކުޅުންތެރިންގެ ތެރެއިންވެސް އެކަކެވެ.

ޓެގްސް: ފުޓުބޯޅަ ބްރެޒިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.