ރާއްޖެގެ ޕްރޮސެކިއުޓާ ޖެނެރަލް، ހުސައިން ޝަމީމް، ފޮޓޯ : ސަން

ހަބަރު

ހުކުމާއި އެއްގޮތަށް ޖޫރިމަނާ ފާއިސާ ނުދައްކާ މީހުންގެ މައުލޫމާތު ކޯޓަށް ހުށަހަޅަނީ

ރާނިއާ - ދިވެހި ރާއްޖެ | 1 ޑިސެންބަރު 2022 , ބުރާސްފަތި 18:25   190

ޖިނާއީ ކުށްތަކާއި ގުޅިގެން ކޯޓުތަކުން ކޮށްފައިވާ ޖޫރިމަނާ ފާއިސާ ނުދައްކާ މީހުންގެ މައުލޫމާތުތައް ކޯޓުތަކަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުން ކަނޑައަޅުއްވާފައިވާ ޖޫރިމަނާ ފާއިސާ ދައްކަމުން ނުދާ ކަމަށް ޕީޖީ އޮފީހުން އެއްކޮށްފައިވާ މައުލޫމާތުތަކުނެ ފެނިގެންދާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އަދި ހަމަ އެހެންމެ މިއީ ޖޫރިމަނާ ފާއިސާ ނުދައްކާ މީހުންގެ މައުލޫމާތުތައް ކޯޓުތަކަށް ޕީޖީ އޮފީހުން އިސް ނަގައިގެނެ އަންގާ ފުރަތަމަ ފަހަރުވެސް މެއެވެ.

ރާއްޖޭ ސުޕްރީމް ކޯޓުން ނެރެފައިވާ "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައި ހުކުމުގައި ކަނޑައަޅުއްވާފައިވާ މުއްދަތުގައި ޖޫރިމަނާ ފާއިސާ ނުދައްކައިފި ނަމަ، މި މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި އެ އޮފީހުން އެ ކަން ކޯޓަށް އަންގަވާނެ ކަމަށް ބަޔާންކޮސްފައިވާ ކަމަށް މިއަދު ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މިއުސޫލުގައި އަމަލު ކުރަން އަންގާފައިވާތީ، ޖޫރިމަނާ އަދަބު ލިބި، އެ ފާއިސާ ދައްކަމުން ނުދާ މީހުންގެ މައުލޫމާތުތައް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދާއި، އެ މައުލޫމާތުތައް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޕީޖީ އޮފީހުން ވަނީ މީޑިއާ ތަކަށް ފޮނުވައިފައިވާ މެސެޖެއްގައި ބުނެފައެވެ.

ޖޫރިމަނާ ފާއިސާ ނުދައްކާ މީހުންގެ މައްޗަށް ޖަލު އަދަބެއް ނުވަތަ ޖޫރިމަނާއަށް ވުރެ ބުރަ އަދަބެއް ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރަށް ކަނޑައެޅޭނެއެވެ.

މިހާރު ޤާނޫނުލްއުޤުބާތު އޮންނަ ގޮތުން ގިނަ މީހުންގެ ޖަލު ހުކުމްތައް ޖޫރިމަނާއަށް ބަދަލު ކުރެވުނު ކަމުގައި ވިނަމަވެސް، ގިނަ މީހުން ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޓެގްސް: ކޯޓުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.