ގޫގުލް އަދި ޕޭރެންޓް ކުންފުނި ނަހަމަ ގޮތުގައި އޮންލައިން އިޝްތިހާރުގައި އެމީހުންގެ ޑޮމިނެންޓް މަގާމު ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ

ޓެކްނޯލޮޖީ

ގޫގުލްގެ އެޑް ޑޮމިނަންސްގެ ޝިކާރައަކަށް ވެފައިވާކަމަށް 130،000 ވިޔަފާރިތަކުން ދައުވާކުރަނީ

ރާނިއާ - ދުނިޔެ | 5 ޑިސެންބަރު 2022 , ހޯމަ 00:07   147

ގޫގުލް އާއި އެ ކުންފުނީގެ ޕޭރެންޓް އެލްފަބެޓް އިންކްގެ މައްޗަށް އެންޓިޓްރަސްޓް އެބިއުސްތަކެއްގެ ތުހުމަތުތަކެ 130،000 ވިޔަފާރިތަކުން ވަނީ ކޮށްފައެވެ. އަދި ގޫގުލް އިން ގެންގުޅޭ އިޝްތިހާރު ކުރުމުގެ އުސޫލަތަކުގެ ސަބަބުން ވިޔަފާރިތަކަށް އެތައް ބިލިއަން ފައުންޑެއް ގެއްލިގެން ގޮސްފައިވާ ކަމަށް މިގްރޫޕް ދައުވާގައިވެއެވެ.

ލަންޑަންގެ ޔޫކޭ ކޮމްޕެޓިޝަން އެޕީލް ޓްރައިބިއުނަލަށް މި ދައުވާ އުފުލާފައިވަނީ ބުދަ ދުވަހުއެވެ. މިގޮތުން ގޫގުލް އާއި އެ ކުންފުނީގެ ޕޭރެންޓް އޮންލައިން އިޝްތިހާރުގައި އެމީހުންގެ ބާރުގަދަ މަގާމު ނަހަމަ ގޮތުގައި ބޭނުންކޮށް، "އިނގިރޭސިވިލާތުގެ ވެބްސައިޓްތަކާއި މޯބައިލް އެޕްތައް ޕަބްލިޝްކުރާ ދިހަހާސް މީހުންގެ ހަރަދުގައި އަމިއްލައަށް ސުޕަ ޕްރޮފިޓް ހޯދާ" ކަމަށް ވެސް ދައުވާގާއި ވެއެވެ.

މި މައްސަލައިގެ ސަބަބުން ރެގިއުލޭޓަރީ ޖޫރިމަނާތަކެއް – އޮންލައިން އިޝްތިހާރު ޕްލެޓްފޯމް ބޭނުންކޮށްގެން ކުންފުނިތަކާ މެދު ގޯސްކޮށް އަމަލުކުރުމުން ފްރާންސްގެ 150 މިލިއަން ޔޫރޯ ޖޫރިމަނާ ފަދަ ޖޫރިމަނާތައް - އެމެރިކާގެ ޓެކް ޖަޔަންޓްގެ ވާދަވެރިކަމާއި ދެކޮޅު ސުލޫކު ހުއްޓުވުމަށް ފުދޭވަރުގެ ކަމެއް ނޫން ކަމަށް ދައުވާ ކުރާ ބައެއް ފަރާތްތައް ތަމްސީލުކުރާ ލޯ ފާމް ހަމްފްރީސް ކާސްޓެޓަރގެ ޕާޓްނަރެއް ކަމަށްވާ ޓޯބީ ސްޓާ ވަނީ ބުނެފައެވެ.

މި ދައުވާއަކީ "ސްޕެކިއުލޭޓިވް އަދި އޮޕޮޗުނިސްޓިކް" ދައުވާއެއް ކަމަށާއި މުޅި ޔޫރަޕްގެ ޕަބްލިޝަރުންނާ އެކު ބިނާކުރަނިވި ގޮތެއްގައި ގޫގުލް އިން މަސައްކަތް ކުރާ ކަމަށް ގޫގުލްގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގެ މި ގޮންޖެހުމަކީ އީޔޫގައި މިހާރުވެސް ގޫގުލްއަށް ކުރިމަތިވެފައިވާ ފާރަވެރިކަމަށް އިތުރު ކަމެއް ލިބިގެންދާނެ ކަމެކެވެ. ޔޫރަޕިއަން ކޮމިޝަނާ އެކު ގޫގުލް އަށް ކުރިމަތިވެފައިވާ އެންޓިޓްރަސްޓް ހަމަނުޖެހުންތަކުން އެ ކުންފުންޏަށް އެތައް ބިލިއަން ޔޫރޯއެއް ގެއްލިފައިވާއިރު، އޮޓޯރައިޓް ޑެ ލަ ކޮންކަރެންސް އިން 2019 ވަނަ އަހަރު ނިންމި ނިންމުމަކީ ފްރާންސްގައި އެ ކުންފުންޏައް ކުރި މިފަދަ ފުރަތަމަ ޖޫރިމަނާ އެވެ.

ޓެގްސް: ގޫގްލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.