އިންޑޮނޭޝިއާގެ ރައީސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި 'ގެވަލް' ދެއްވަނީ

ދުނިޔެ

އަންނަ އަހަރު އިންޑިއާގެ ޖީ20 ގެ ރިޔާސަތަށް އިންތިޒާރު ކުރަން : ވައިޓް ހައުސް

ރާނިއާ - ދުނިޔެ | 3 ޑިސެންބަރު 2022 , ހޮނިހިރު 09:46   276

އަންނަ އަހަރު އިންޑިއާގެ ޖީ-20 ގެ ރިޔާސަތަށް ތާއީދު ކުރުމަށް އެމެރިކާ އިން އިންތިޒާރު ކުރާ ކަމަށް ވައިޓް ހައުސް އިން ވަނީ އަންގާރަ ދުވަހު ބުނެފައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އިގްތިސާދުތަކުގެ ގްރޫޕްގެ ރިޔާސަތާ އިންޑިއާ ރަސްމީކޮށް ހަވާލުވެފައިވަނީ ބުރާސްފަތި ދުވަހުގައެވެ.

"އަޅުގަނޑުމެން އިންތިޒާރު ކުރަން އަންނަ އަހަރު އިންޑިއާގެ ޖީ20 ގެ ރިޔާސަތަށް ތާއީދު ކުރުމަށާއި، އަދި ގިނަ މައްސަލަތަކެއްގައި، އޭގެ ތެރޭގައި މިހާރު ކާބޯތަކެއްޗާއި ހަކަތައާ ބެހޭ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމާއި، 'ރެސިލިއަންޓް' އިގްތިސާދެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އުންމީދުކުރަން"، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރީން ޖީން ޕިއޭރް ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބުނުއްވިއެވެ.

"ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ފަދައިން، ރައީސް ވަނީ އެބޭފުޅާގެ ރިޔާސަތުގައި ހުންނެވި ދުވަސްވަރު ޖީ-20 ގައި ބައިވެރިވެ ވަޑައިގަންނަވަމުން. ދަތުރުތަކާއި ގުޅޭ ގޮތުން އިއުލާން ކުރަން ވަކި ކަމެއް ނެތް،" އަންނަ އަހަރު އިންޑިއާއަށް ރިޔާސީ ދަތުރުފުޅަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ކެރީން ވިދާޅުވި އެވެ.

ޓެގްސް: އިންޑިއާ އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.