މިމުބާރާތުގައި އައްޑޫގެ ސްކޫލްތަކުން ފަސް ޓީމެއް ބައިވެރިވޭ

ހަބަރު

އައްޑޫސިޓީ، 2ވަނަ ޓީޗާރސް ބެޑްމިންޓަން މުބާރާތް ފެށިއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 2 ޑިސެންބަރު 2022 , ހުކުރު 16:39   294

ހޮރައިޒަން އެކެޑެމީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ޓީޗަރުންގެ ބެޑްމިންޓަން މުބާރާތް ފެށިގެން ކުރިއަށް އެބަދެއެވެ.

މިމުބާރާތް ފެށިފައިވަނީ ބުދަދުވަހުގެ ރޭ، ހިތަދޫ ޔޫތް ސެންޓަރުގައި ހުންނަ އައްޑޫ ބެޑްމިންޓަން އެރީނާގައެވެ. އައްޑޫގެ ސްކޫލްތަކުގެ ޓީޗަރުންގެތެރެއިން ނެގިފައިވާ ފަސް ޓީމެއް މިމުބާރާތުގައި ވާދަކުރެއެވެ. އޭގެތެރޭގައި ހިތަދޫ އަދި ފޭދޫގެ ސްކޫލްތައް ހިމެނެއެވެ.

އަޅުގަނޑުމެން ވަރަށް އުފާކުރަން މިފަހަރު ކުރީ ފަހަރަށްވުރެ ސްކޫލްތަކުން ލިބުނުތަރުޙީބާއި އެއްބާރުލުން ރަނގަޅު. އަޅުގަނޑުމެން އެދެނީ މިފަހަރު ބައިވެރިނުވެވޭ ސްކޫލްތަކުން ވެސް ދެންފަހަރަކުން ބައިވެރިވުން. އަޅުގަނޑުމެން ބޭނުންވޭ ހުޅުދޫ އަދި މީދޫގެ ޓީމުތައް ވެސް ވެސް ބައިވެރިވާން.

~ މުޙައްމަދު ޢައްފާން، ހޮރައިޒަން އެކެޑެމީ

ހޮރައިޒަން އެކެޑެމީ އަކީ އައްޑޫގައި ބެޑްމިންޓަން ކުޅުމުގެ ހުނަރުކުރިއަރުވަން އުފެއްދުނު ފުރަތަމަ މިފަދަ ފުރަތަމަ އެކެޑެމީއެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެތެރެއިން ބައެއް ޓީމުތަކުގެ ކުޅުންތެރިން

މެޗުތަކުގެ ނަތީޖާތައް:

  • ފުރަތަމަ މެޗު : ޝަރައްފުއްދީން ސްކޫލް-ބީ ޓީމާއި ހިތަދޫ ސްކޫލްގެ ޑެއިޒީ ޓީމް (7-0 ގެ ނަތީޖާއިން މޮޅުވީ ޝަރަފުއްދީން ސްކޫލްގެ ބީ ޓީމް)
  • ދެވަނަ މެޗު : ފޭދޫ ސްކޫލް އާއި ޝަރަފުއްދީން އޭ ޓީމް (6-1 ގެ ނަތީޖާއިން މޮޅުވީ ފޭދޫ ސްކޫލް)
  • ތިންވަނަ މެޗު : ޝަރަފުއްދީން ބީ ޓީމް އާއި ޝަރަފުއްދީން އޭ ޓީމް (7-0 ގެ ނަތީޖާއިން މޮޅުވީ ޝަރަފުއްދީން ބީ ޓީމް)
  • ހަތަރުވަނަ މެޗު : ފޭދޫ ސްކޫލް އާއި ހިތަދޫ ސްކޫލް އޯކިޑް ޓީމް (6-1 ގެ ނަތީޖާއިން މޮޅުވީ ހިތަދޫ ސްކޫލްގެ އޯކިޑް ޓީމް)
ޮޕޮއިންޓް ތާވަލު - އެންމެ ފަހުން އަޕްޑޭޓް ކުރީ (2 ޑިސެމްބަރު، ހުކުރު ދުވަހު ހަވީރު 5.00 ގައި)

މިމުބާރާތުގެ ފައިނަލް މެޗުތައް ކުޅުމާއި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

މިލިޔުމާއި ގުޅޭ :

އިތުރު ފޮޓޯތައް

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް ބެޑްމިންޓަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.