ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމްއާއި ލަންކާގެ ރައީސް ރާނިލް ވިކްރަމަސިންހޭ

ހަބަރު

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ވެސް ލަންކާއިން ވަނީ އެހީތެރިކަމަށް އެދިފައި

ރާނިއާ - ދިވެހި ރާއްޖެ | 4 ޑިސެންބަރު 2022 , އާދީއްތަ 07:50   118

ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ހުކުރު ދުވަހު ސްރީލަންކާގެ ރައީސް ރާނިލް ވިކްރަމަސިންހޭއާއި ރައީސް އޮފީހުގައި ބައްދަލުކޮށްފައެވެ.

ލަންކާއާއި ރާއްޖޭއާއި ދެގައުމަކީ ޒަމާންވީ އެކުވެރި ދެގައުމަކަށް ވުމުން ރައީސް ވިކްރަމަސިންހޭ ވަނީ ރާއްޖެއިން އެގައުމުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ދަނޑުވެރިކަމުގެ ދާއިރާއާއި، ކްރޫޒް ޓުއަރިޒަމް އަދި މަތީ ފަންތިތަކުގެ ޓުއަރިޒަމް ދާއިރާތަކަށް އިންވެސްޓް ކުރުމަށް އެދިފައެވެ.

އަދި ހަމަ އެހެންމެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ޔުނިވާސަޓީ ގާއިމްކުރުމުގައި ވެސް ލަންކާއާއި ގުޅިގެން ރާއްޖެ މަސައްކަތް ކުރުމަށް ރައީސް ވިކްރަމަސިންހޭ ވަނީ އެދިވަޑައިގެންފައެވެ.

މިަސްތުވާތަކެތީގެ ނުރައްކާ ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައި، މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގައި ވެސް ރާއްޖެއިން ލަންކާއަށް ބާރު ދޭނެ ކަމަށް އުންމީދު ކުރާ ކަމަށް ލަންކާގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ލަންްކާގައި ޖުލައި މަހު ހިންގާފައިވާ މުޒާހަރާތަކުގައި ހަލާކުވެފައިވި ރިޔާސީ ގެކޮޅު އަލުން މަރާމާތް ކުރުމަށް ފަހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް ޒިޔާރަތް ކުރުއްވުމަށް ދައުވަތު އަރުވަން ގަސްތުކުރާ ކަމަށް ވެސް ލަންކާގެ ރައީސް ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.