ކާންޔޭ ވެސްޓް އަކީ އެމެރިކާގެ ރެޕާއެއް

މުނިފޫހިފިލުވުން

ސްވަސްޓިކާ ޕޯސްޓް ކުރުމުން ކާންޔޭ ވެސްޓްގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކޮށްފި

ރާނިއާ - ދުނިޔެ | 10 ޑިސެންބަރު 2022 , ހޮނިހިރު 10:53   213

ސްވާސްޓިކާއެއް ހިމެނޭ މިހާރު ޑިލީޓްކޮށްފައިވާ ޕޯސްޓެއް ކާންޔޭ 'ޔޭ' ވެސްޓް ޓްވީޓް ކުރުމާއި ގުޅިގެން އޭނާގެ ޓްވިޓާ އެކައުންޓް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އެލެކްސް ޖޯންސްގެ އިންފޯވާސް ޝޯގާއި ރެޕާ ވަނީ ތަކުރާރުކޮށް އޭނާ އެޑޮލްފް ހިޓްލާއަށް ތާއިދުކުރާކަމަށް އެދުވަހުގެ ކުރީކޮޅު ބުނެފައެވެ. އަދި އެފަހުން ޔޭ ވަނީ ޓްވިޓާގެ ސީއީއޯ އިލޮން މަސްކްއާއި އޭނާއާއި ދެމީހުން ކޮށްފައިވާ މެސެޖްތަކުގެ އިތުރުން، ހިޔާލުތަފާތުވުން ބޮޑު އެތައް ޓްވީޓެއް އާންމުކޮށްފައެވެ.

މީގެ ތެރޭގައި ދާދި ފަހުން ގިނަ ފާދުކިޔުންތައް އަމާޒުވެފައިވާ ބެލެންސިޔާގާ ކުންފުންޏަށް ވެސް އޭނާގެ ތާއިދާއި ސަޕޯޓް އޮތް ކަމަށާއި، 'ސްޓާ އޮފް ޑޭވިޑް' އާއި ގުޅިފައިވާ ސްވާސްޓިކާއެއްގެ ފޮޓޯއެއް ވެސް ޔޭ ވަނީ ޓްވިޓާގައި އާނމުކޮށްފައެވެ. ޓްވިޓާއިން މި ޓްވީޓްތައް ޑިލީޓް ކުރުމާއި އެކު ޔޭގެ ޓްވިޓާ ތޫފާނަށް ކުއްލި ނިމުމެއް އައެވެ.

ޔޭ ސަސްޕެންޑް ކުރެވުމުގެ ކުރިން އޭނާ ވަނީ އެންޑެވާގެ ސީއީއޯ އެރީ އިމޭނުއަލް ޓްވިޓާ ސީއީއޯ އިލޮން މަސްކް ގަޔަށް ހޮޅި އަކުން ފެން ޖަހަން އިން ހަޑި ފޮޓޮޮލެއް ވެސް އާންމުކޮށްފައެވެ.

ޓްރޫތް ސޯޝަލްގައި ޔޭގެ ވެރިފައިޑް އެކައުންޓުން ވަނީ ޓްވިޓާ އިން 12 ގަޑި އިރު ސަސްޕެންޑް ކުރެވިފައިވާކަން އިނގޭ މަސްކް އާއި ދެމީހގުންގެ މެސެޖްތަކެއްގެ ސްކްރީންޝޮޓްތަކެއް ޕޯސްޓްކޮށްފައެވެ.

ޔޭގެ ޓްވިޓާ އެކައުންްޓް ސަސްޕެންޑް ކުރެވިފައިވަނީ ސްވަސްޓިކާ ޕޯސްޓްއާއި ގުޅިގެން ކަމަށާއި އަދި އެއީ މަސްކްގެ ފޮޓޯލުމާއި ގުޅިގެން ނޫން ކަމަށް މަސްކް ވަނީ ޓްވީޓެއްކޮށް ކަށަވަރުކޮށް ދީފައެވެ.

44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު މަސްކް ވަނީ ފާހަގަކޮށްލެވޭ ޓްވިޓާ އެކައުންޓްތަކުގެ ސަސްޕެންޝަން އުވާލާނެ ކަމަށް ކުރި ވައުދާއި ގުޅިގެން، ޔޭގެ ޓްވިޓާ އެކައުންޓްގެ ސަސްޕެންޝަން ވެސް ބާތިލުކޮށްދީފައެވެ. ޔޭގެ ޓްވިޓާ އެކައުންޓް އޮކްޓޯބަރު މަހު ބާތިލްކޮށްފައި ވަނީ އޭނާކޮށްފައިވާ އެންޓީސެމިޓިކް ޓްވީޓަކާއި ގުޅިގެން ކަމަށް ވެސް ފާހަގަކޮށްލެވެއެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.