ކެމެރޫންއާއި ބްރެޒިލް ރޭގައި ކުޅެފައިވާ މެޗުގެ ތެރެއިން

ކުޅިވަރު

ގްރޫޕްގެ އެއްވަނައިގައި އޮތް ބްރެޒިލް އަތުން ކެމަރޫން މޮޅުވި ނަމަވެސް ވޯލްޑް ކަޕުން ބޭރު

ރާނިއާ - ދުނިޔެ | 3 ޑިސެންބަރު 2022 , ހޮނިހިރު 14:49   125

ކެމެރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކަރް ޖެހި ގޯލަކުން ވޯލްޑް ކަޕްގައި މޮޅަކަށް ކެމަރޫނުން ކުރި 20 އަހަރުގެ އިންތިޒާރު ނިމުމަކަށް އައީ ހުކުރު ދުވަހު ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗަށް ފަހު އިންޑޮމިޓެބަލް ލަޔަންސް އިން ސްޓައިލްގައި ވޯލްޑް ކަޕުން ވަކިވިެދިޔައެވެ.

ސާބިއާ އާއި ސްވިޒަލޭންޑް އަތުން މޮޅުވުމަށް ފަހު ބްރެޒިލް އަދިވެސް ގްރޫޕް ޖީ ގައި ކާމިޔާބު ހޯދިއެވެ. އަދި ގޯލުގެ ތަފާތުން ސްވިޒަލެންޑް އަތުން ކުރި ހޯދައި، ދެން އަންނަ ބުރުގައި ޕޯޗުގަލް އަތުން 1-2 އިން މޮޅުވި ގްރޫޕް އެޗްގެ ރަނަރަޕް ދެކުނު ކޮރެއާއާ ދެކޮޅަށް ބްރެޒިލް އިން ނުކުންނާނެ އެވެ.

ވޯލްޑް ކަޕްގައި އެންމެ ފަހުން ކެމެރޫން އިން މޮޅެއް ހޯދައިފައ ވަނީ 2002 ވަނަ އަހަރު ސައުދީ އަރަބިއްޔާ އާއި ދެކޮޅަށް ކުޅެފައިވާ މެޗުންނެވެ. މެޗުގެ ބޮޑު ބައެއް ފަހަތުގައި ތިބި ކަމުގައި ވިޔަސް، އެންމެ ފަހު ވަގުތު ކެމެރޫން އިން ވނީ އެންމެން ހައިރާން ކުރުވާފައެވެ. އެޑާރސަން ގެ ފަހަތުން ބޮލުން އަބޫބަކަރް ބޮލުން ޖެހި ބޯޅަ ގޮސް ގޯލަށް ވަނުމާއެކު، އޭނާ ވަނީ އުފާ ފާލު ކުރުމުގެ ގޮތުން ޖާޒީ ބޭލުމާއެކު މެޗުގެ ދެވަނަ ރީނދޫ ކާޑުވެސް ހޯދާފައެވެ.

މި މޮޅަކީ ވޯލްޑް ކަޕްގައި ބްރެޒިލްއާއި ދެކޮޅަށް ކެމަރޫން ހޯދި ފުރަތަމަ މޮޅާއި ފައިނަލުގައި އެފްރިކާގެ އިދިކޮޅު ޓީމު އަތުން ދެކުނު އެމެރިކާގެ ޖަޔަންޓްސް ބަލިވި ފުރަތަމަ މެޗުވެސް މެއެވެ.

ބްރެޒިލަށް ޕޮސިޝަންގެ ބޮޑު ހިއްސާއެއް ލިބި، އިދިކޮޅު ޓީމަށް ވުރެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް އާޚިރުގައި ހަގީގަތުގައި ގުނާލެވޭ ހަމައެކަނި ތަފާސްހިސާބު ލިބުނީ ކެމަރޫން އަށެވެ.

"އަހަރެމެން މެޗު ޑޮމިނޭޓްކޮށް ގިނަ ފުރުސަތުތަކެއް ލިބުނު، ގެއްލުނު ހަމައެކަނި އެއްޗަކީ ގޯލެއް،" ބްރެޒިލްގެ އެޑަރ މިލިޓާއޯ ބުންޏެވެ.

ޓެގްސް: ފުޓުބޯޅަ ވޯލްޑްކަޕް ކެމެރޫން ބްރެޒިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.