ސުންދަރު ޕިޗާއި، އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ ވިޔަފާރިވެރިއެއް

ޓެކްނޯލޮޖީ

އިންޑިއާ އަކީ އަހަރެންގެ ހަށިގަނޑުން ބައެއް : ގޫގުލްގެ ސީއީއޯ ސުންދަރް ޕިޗާއީ

ރާނިއާ - ދުނިޔެ | 11 ޑިސެންބަރު 2022 , އާދީއްތަ 11:14   181

"އަހަރެން ކޮންމެ ތަނަކު ހުއްޓަސް އިންޑިއާ އަކީ އަބަދުވެސް އަޅުގަނޑުގެ ހަށިގަނޑުން ބައެއް" އިންޑިއާގެ މަންދޫބުގެ ފަރާތުން އެމެރިކާއަށް ޝަރަފުވެރި ޕަދްމާ ބުޝާން އެވޯޑްއާއި ހަވާލުވަމުން ގޫގުލް އަދި ޕޭރެންޓް ކުންފުނި އަލްފާބެޓްގެ ސީއީއޯ ސުންދަރު ޕިޗާއީ ވިދާޅުވިއެވެ.

އިންޑިއާ-އެމެރިކާ ޕިޗާއި އަށް 2022 ވަނަ އަހަރުގެ ޕަދްމާ ބުޝަން އެވޯޑް ލިބުނީ ޓްރޭޑް އެންޑް އިންޑަސްޓްރީ ކެޓަގަރީއިންނެވެ. އުމުރުން 50 އަހަރުގެ ޕިޗާއި އަށް އިންޑިއާގެ ތިންވަނައަށް އެންމެ މަތީ މަދަނީ އެވޯޑް ހަވާލުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ސެން ފްރެންސިސްކޯގައި އޭނާގެ ގާތް އާއިލާގެ މެމްބަރުންގެ ހާޒިރީގަ އެވެ.

“މި ލިބުނު ޝަރަފަށް އިންޑިއާ ސަރުކާރަށާއި އިންޑިއާގެ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން. އިންޑިއާ އަކީ އަހަރެންގެ ބައެއް، އަދި ޓެކްނޮލޮޖީގެ ފައިދާ އިތުރު ބަޔަކަށް ފޯރުކޮށްދިނުމަށް ގުޅިގެން މަސައްކަތް ކުރާއިރު، ގޫގުލް އާއި އިންޑިއާގެ ޕާޓްނަޝިޕް ކުރިއަށް ގެންދިއުމަށް އިންތިޒާރު ކުރަން،” އެމެރިކާގައި ހުންނަ އިންޑިއާގެ ސަފީރު ތަރަންޖިތު ސިންގްހ ސަންދޫ އަތުން އެވޯޑް ބަލައިގަންނަމުން ޕިޗައި ވިދާޅުވިއެވެ.

ޓެކްނޮލޮީގެ ނިމުމެތް ނެތް ފުރުސަތުތައް ޕިޗާއީ ތަމްސީލުކޮށްދޭ ކަމަށް ސަންދޫ ވިދާޅުވިއެވެ.

3އެސް - ސްޕީޑާއި، ސާދާކަމާއި، ހިދުމަތް އެއްކޮށްލާ ޓެކްނޮލޮޖީއާ ބެހޭ ގޮތުން ބޮޑުވަޒީރު ނަރެންދަރް މޯދީގެ ތަސައްވުރު ހަނދާންކޮށްދެމުން ސަންދޫ އުންމީދު ކުރެއްވީ އިންޑިއާގައި ހިނގަމުންދާ ޑިޖިޓަލް އިންގިލާބުގެ ފުރިހަމަ ބޭނުން ގޫގުލް އިން ކުރާނެ ކަމަށެވެ.

ޕިޗައި ވިދާޅުވީ އިންޑިއާއަށް އަންނަ ކޮންމެ ފަހަރަކު ޓެކްނޮލޮޖީގެ ބަދަލުތަކުގެ ހަލުވި ދުވެލި ފެނުމަކީ އަޖައިބު ކުރުވަނިވި ކަމެއް ކަމަށެވެ. އިންޑިއާގައި އުފެދިފައިވާ އާ އުފެއްދުންތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ފައިދާ ލިބެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުވާލެވިފައިވާ، ގުޅިފައިވާ، ރައްކާތެރި، އަދި އެންމެންނަށް ވެސް ބޭނުންކުރެވޭ އިންޓަނެޓެއް ކުރިއަރުވައިގެން ދުނިޔޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އިއްތިފާގުން ލިބުނު އަޖައިބު ކުރުވަނިވި ފުރުސަތެއް ކަމަށް ޖީ20 ގެ ރިޔާސަތާ އިންޑިއާއާ ހަވާލުވުމާ ގުޅޭ ގޮތުން ޕިޗައި ވިދާޅުވިއެވެ.

އިންޑިއާ އިން ރަސްމީކޮށް ޖީ20 ގެ ރިޔާސަތާ ހަވާލުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޓެގްސް: ގޫގްލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.