ދެކުނު ކޮރެއާ ޕޯޗުގަލް އަތުން މޮޅުވެ ސަޕޯޓަރުން އުފާ ފާޅުކުރަމުންދާ މަންޒަރު

ކުޅިވަރު

އެންމެ ފަހުން ޕޯޗުގަލް އަތުން މޮޅުވެ ދެކުނު ކޮރެއާ ރައުންޑް އޮފް 16 އަށް

ރާނިއާ - މެދުއިރުމަތި | 3 ޑިސެންބަރު 2022 , ހޮނިހިރު 13:48   197

ދެކުނު ކޮރެއާއިން ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޓޮޕް ޓައިމްގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައި ނޮކްއައުޓް ބުރަށް ކުރިއެރުން ކަށަވަރުކުރީ ގަބޫލު ނުކުރެވޭ ގޮތަކަށެވެ.

ދެކުނު ކޮރެއާ އަށް 16 ވަނަ ބުރަށް ކޮލިފައިވުމަށް ބޭނުންވާ ލަނޑު ނުހޯދޭނެހެން ހީވެފައި އޮތްވާ، ރިކާޑޯ ހޯޓާގެ ފުރަތަމަ ގޯލަށް ފަހު ކިމް ޔަންގް ގްވޮން ނަތީޖާ ހަމަހަމަކޮށްދިނުމުން އިންޖަރީ ޓައިމްގެ ފުރަތަމަ މިނެޓުގައި ހްވާންގް ހީ ޗާން ފެނިގެން ދިޔައީ ގޮސް ބޯޅަ ގޯލަށް ވައްދާލި ތަނެވެ.

މި މޮޅާއެކު ގްރޫޕް އެޗްގެ އަނެއް މެޗުގައި ގާނާ އަތުން 0-2 އިން މޮޅުވި ނަމަވެސް އުރުގުއޭ ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.

"އަހަރެމެން ވަރަށް އުފާވެއްޖެ، ތިން މެޗުގައި ވެސް ދައްކާފައިވާ ކުޅުމާއެކު އަހަރެމެންނަށް އެކަން ހައްގު،" ސަސްޕެންޑް ކުރި ކޯޗު ޕައުލޯ ބެންޓޯގެ ބަދަލުގައި ހުންނެވި ކޮރެއާގެ އެސިސްޓެންޓް ކޯޗު ސާޖިއޯ ކޮސްޓާ ބުންޏެވެ. އަދި މ، މޮޅު ލިބިފައިވަނީ ދެކުނު ކޮރެއާގެ ސަޕޯޓަރުންގެ ހިތްވަރާއި އކުގަ ކަމަށް ވެސް އޭާ ބުންޏެވެ.

މެޗުގެ 17 ވަނަ މިނެޓްގައި ދެކުނު ކޮރެއާއަށް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލި ނަމަވެސް ޑިއޯގޯ ކޮސްޓާގެ ރަނގަޅު ސޭވްއަކަށް ފަހު ކައިރިން ބޯޅަ ނިންމާލުމުން ކިމް ޖިންސޫ ޖަހާފައިވާ ބޯޅަ އޮފްސައިޑް ކަމަށް ބެލެވުނެވެ.

ނަމަވެސް މެޗުގެ 27 ވަނަ މިނެޓުގައި އަންޑާޑޯގްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކްރިސްޓިއާނޯ ރޮނާޑޯ އަށް ލިބުނު ކޯނަރަކުން ކޮސްޓާ ކައިރިން ބޯޅަ ކިމް ޖަހައި ގަތުމުންނެވެ.

އަދި އެޓީމަށް މޮޅު ހޯދީ ޕޯޗުގަލްގެ ކޯނަރަކުން ސޮން ހްވަންގް މިން ލީޑް ނެގި މޮޅު ކައުންޓަރ އެޓޭކެއް ކަމަށްވާއިރު، އެ އެޓޭކް މާހިރުކަމާއެކު ނިންމާލީ ހަވާންގް އެވެ.

" މި މެޗު ގޮސްފައިވަނީ ރަނގަޅަކަށް ނޫން، އަދި އަހަރެން އެކަމަށް ޒިންމާ ނަގަން"، ޕޯޗުގަލްގެ ކޯޗު ފާނެންޑޮ ސަންޓޯސް ބުންޏެވެ.

ޓެގްސް: ފުޓުބޯޅަ ވޯލްޑްކަޕް ދެކުނު ކޮރެއާ ޕޯޗުގަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.