ޔޫރަޕިއަން ޔޫނިއަން (އީޔޫ) ތެރޭގައި ވައިގެ ދަތުރުކުރާ އެއާލައިން ފަސިންޖަރުންނަށް ވަރަށް އަވަހަށް ފްލައިޓުގައި ފޯނު ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސަދޭނެކަމަށް އެ ޖަމާޢަތުން މުނެފިއެވެ.
މިއާއިއެކު، ޔޫރަޕިއަން ކޮމިޝަނުން ނިންމީ އެއާލައިންތަކުން ބޯޓުތަކުގައި 5ޖީ ޓެކްނޮލޮޖީ ފޯރުކޮށްދިނުމާއި އެކު، ލަސް މޯބައިލް ޑޭޓާވެސް ފޯރުކޮށްދޭނެއެވެ.
މީގެ މާނައަކީ ފްލައިޓަށް އެރުމަށް ފަހު ފޯންތައް އެއާޕްލޭން މޯޑަށް ލާން ނުޖެހޭނެ ކަމެވެ. ނަމަވެސް މި ކަން ތަންފީޒު ކުރެވޭނެ ވަކި ގޮތެއްގެ ތަފްސީލެއް އަދި ސާފު ވެފައެއް ނުވެއެވެ.
އީޔޫގެ މެމްބަރު ގައުމުތަކުން ބޯޓުތަކަށް 5ޖީ ފްރީކުއެންސީ ބޭންޑް ލިބޭނެ ގޮތް ހަމަޖެއްސުމުގެ އެންމެ ފަހު ތާރީހަކީ 30 ޖޫން 2023 އެވެ.
މިގޮތުން ފްލައިޓްގެ މެދުތެރޭގައި މީހުންނަށް ފޯނުގެ ހުރިހާ ފީޗާސްއެއް ބޭނުންކުރެވޭނެ - ކޯލްތައް އެނެބަލް ކުރުމުގެ އިތުރުން މިއުޒިކާއި ވީޑިއޯ ސްޓްރީމްކުރާ ޑޭޓާ ހެވީ އެޕްތައް ވެސް ބޭނުންކުރެވޭނެ އެވެ.
އީޔޫ ކޮމިޝަނުން ވަނީ 2008 ވަނަ އަހަރުން ފެށިގެން މަތިންދާބޯޓުތަކަށް ވަކި ފްރީކުއެންސީ ބޭންޑްތަކެއް ރިޒާވްކޮށް، ބައެއް ހިދުމަތްތަކަށް މިޑް އެއާ އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ފުރުސަތު ދީފަ އެވެ.
މަތިންދާބޯޓާއި ބިމާ ދެމެދު ސެޓެލައިޓެއް މެދުވެރިކޮށް މީހުން ގުޅުވައިލުމަށް ބަރޯސާވެފައިވާތީ، މި ހިދުމަތަކީ ތާރީހީ ގޮތުން ލަސް ހިދުމަތެކެވެ.
މޯބައިލް ނެޓްވޯކް އީއީ އިން ބުނާ ގޮތުގައި 100އެމްބީޕީއެސް އަށް ވުރެ ބޮޑު ޑައުންލޯޑް ސްޕީޑެއް ކަމަށްވާ 5ޖީ އިން ފޯރުކޮށްދޭ ވަރަށް އަވަސް ޑައުންލޯޑް ސްޕީޑްގެ ފައިދާ އާ ސިސްޓަމްގެ ބޭނުންކޮށްގެން ހިފޭނެއެވެ.