ރާއްޖެ މަތީގައި ވިލާތައް އުފެދިފައި

ހަބަރު

ހުޅަނގު މޫސުމުގެ ފަހު ނަކަތާއިއެކު މޫސުމް ގޯސްވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 ޑިސެންބަރު 2022 , އާދީއްތަ 11:55   371

ހުޅަނގު މޫސުމުގެ ފަހު ނަކަތާއިއެކު މޫސުމް ގޯސްވަމުންދާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

އަދި ސެޓްލައިޓް ފޮޓޯތައް ދައްކާގޮތުން ރާއްޖެއާއި ވީ ސަރަޙައްދުގައި ވަނީ ބޯވިލާތައް އުފެދިފައެވެ.

އާދީއްތަ ދުވަހުގެ ހެނދުނު މޫސުމް ދައްކާ ގޮތުން ބޮޑަށް ވިއްސާރައިގެ އަސަރުކުރާނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށެވެ. ނަމަވެސް، އެހެން ސަރަހައްދުތަކަށް ވެސް އަންނަނީ މަޑުމަޑުން ވިއްސާރަ ވަމުންނެވެ.

ޢާމުގޮތެއްގައި ނަކަތެއްގެ ދިރުމިނަކީ 13 ނުވަތަ 14 ދުވަސް ކަމުން ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ވެސް ވިއްސާރަވުން އެކަށީގެންވެއެވެ.

ޓެގްސް: ވިއްސާރަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.