ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ސްޓޭބަލް

ދުނިޔެ

ޕޭލޭ ބުނީ އޭނާގެ 'ހިތްވަރު އަދި ބަލިނުވާ' ކަމަށް

ރާނިއާ - އެމެރިކާ | 5 ޑިސެންބަރު 2022 , ހޯމަ 00:08   216

ސައޯ ޕާލޯ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ ޕޭލޭ ހުރީ 'ހިތްވަރަ ގަދަކޮށް އުއްމީދާއި އެކު' ކަމަށް ބްރެޒިލްގެ ނަން މަޝްހޫރު ކުޅުންތެރިޔާ ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހރު ނެރެފައިވާ ބަޔާނުގާއި ކުޅުންތެރިޔާ ވަނީ ބްރެޒިލް ވޯލްޑް ކަޕްގައި ކުޅެމުން އަންނަ މަންޒަރު ބަލާލުމާއި، އޭނާއަށް ދީފައިވާ ސަޕޯޓުގެ މެސެޖުތަކުން 'ހަކަތަ' ލިބިފައިވާ ކަމަށެވެ.

އަދި ހޮސްޕިޓަލުން ނެރެފައިވާ ބަޔާނުގައި ޕޭލޭ "އަދިވެސް ފަރުވ ހޯދަމުން އަންނަ ކަމަށާއި، މިހާރު ސްޓޭބަލް" ކަމަށް ވަނީ ބުނެފައެވެ. މިބަޔާން ދީފައިވަނ ބްރެޒިލްގައި ކީމޯތެރަޕީއަށް ރައްދު ނުދިނުމަށް ފަހު އުމުރުގެ ފަހުކޮޅު ފަރުވާ ދޭން ފެށީ ކަމަށް ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

އުމުރުން 82 އަހަރުގެެ ތިން ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޕޭލޭ އަންގާރަ ދުވަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އައިސްފައި ވީއިރު، ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ވަނީ މިއީ "އާންމު މަންތްލީ ޒިޔާރަތެއް" ކަމަށެވެ.

2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕޭލޭގެ ބޮޑު ގޮހޮރުން ވަނީ ޓިއުމަރެއް ނަގާފައެވެ.

ހޮނިހިރު ދުވަހު އިޒްރާއެލިތާ އެލްބާޓް އައިންސްޓައިން ހޮސޕިޓަލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޕޭލޭ ވަނީ "ނެވާލާ ނިޒާމުގެ އިންފެކްޝަންގެ ފަރުވާތަކަށް ރަނގަޅު ރައްދެއް ދީފައި ކަމަށެވެ. އަދި މީގެ އިތުރުން 'ކީމޯތެރަޕީ ފަރުވާގެ ރީއެސެސްމެންޓެއް' ވެސް ކުރިއަށް ދާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު އާ ބަޔާނުގައި ބުނެފައި ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އޭނާގެ ހާލު އިތުރަށް ގޯސްވެފައި ނުވާ ކަމަށެވެ.

ހަމައެހެންމެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ޕޭލޭއަށް ސަޕޯޓުގެ މެސެޖުތައް ފޮނުވާފައެވެ.

ޓެގްސް: ބްރެޒިލް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.